DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
އޮކްޓޯބަރ 22, 2025
0
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ
0
SHARES
68
VIEWS
Share on FacebookShare on Twitter

ރާއްޖޭގެ ރަށްރަށް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލައި، އާއްމުނަށް ފަސޭހަކޮށްދިނުމަށް އެކުލަވާލާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް، ކުރިއަށް އޮތް 5 މަސް ދުވަހުގެތެރޭ ނުފެށި ހުރި ހުރިހާ އަތޮޅެއްގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހައްދުންމަތީ ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދެއްވާ މުހިއްމު މަސައްކަތެކެވެ.

އާރްޓީއެލްގެ ޚިދުމަތަކީ، 2022ވަނަ އަހަރު އެމްޓީސީސީއާއި ހަވާލުކޮށްގެން ފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މިހާތަނަށް ރާއްޖޭގެ 12 އަތޮޅެއްގައި މި ޚިދުމަތް ފަށާފައިވާއިރު، އެންމެ ފަހުން އާރްޓީއެލްގެ ޚިދުމަތް ފަށާފައިވަނީ ތ. އަތޮޅުގައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، މުޅި ރާއްޖެ އާރްޓީއެލް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން، ޚިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި އެ ޚިދުމަތް ފެށުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާނެއެވެ. އެގޮތުން، އަތޮޅުތަކަށް ފޮނުވަންޖެހޭ ލޯންޗު ފެރީގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ލޯންޗުތައް ނިމޭހާ އަވަހަކަށް، ލާމު އަތޮޅުގައިވެސް އާރްޓީއެލްގެ ޚިދުމަތް ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގާތްގަނޑަކަށް ފެބްރުއަރީ، މާރޗްއާއި ހިސާބަށް ދާއިރު ލާމު އަތޮޅަށާއި، ދެން ހުރި ޚިދުމަތް ނުފެށި ހުރި އަތޮޅުތަކަށްވެސް އާރްޓީއެލް ޚިދުމަތް ފެށޭނެކަމަށެވެ. ”އެހެންވީމައި އާރްޓީއެލްގެ ޚިދުމަތައް އިންތިޒާރު ކުރައްވާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެކަން އެގޮތުގައޭ ހިނގަނީ. އެކަން އެގޮތައް ކުރިއަށްދާނެ،“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތަކީ އަތޮޅުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޚިދުމަތެކެވެ. ކޮންމެ އަތޮޅެއްގައި ޚިދުމަތް ފެށުމުގެ ކުރިން، އެމްޓީސީސީން ދަތުރުކުރާ ރޫޓުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދެއެވެ.

އެމްޓީސީސީން ފާހަގަކުރައްވާ ގޮތުގައި، އާރްޓީއެލްގެ ޚިދުމަތާއެކު އަތޮޅުތަކުގެ ރަށްތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދެއެވެ. ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ދަތުރުކުރުމަށްވެސް މިޚިދުމަތުގެ ބޭނުން ގިނަ ބަޔަކު ކުރެއެވެ. އާރްޓީއެލްގެ ޚިދުމަތާއެކު ރައްޔިތުންގެ ދަތުރުފަތުރުކުރުމަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

Tags: ރައީސް ޑރ. މުހައްމަދު މުއިއްޒުއާރްޓީއެލްއެމްޓީސީސީ

Related Posts

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

ސެޕްޓެމްބަރ 26, 2026
ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ސެޕްޓެމްބަރ 24, 2026
ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ސެޕްޓެމްބަރ 17, 2026
ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ސެޕްޓެމްބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily