ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އަވަށްޓެރި އިންޑިއާގެ ގައުމީ އެއާރލައިން އެއާއިންޑިއާއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން އެއާއިންޑިއާއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި އެއާއިންޑިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ހަދިޔާ ވެސް ދީފައިވެއެވެ.
ވީއައިއޭގެ އާ ޓާމިނަލްއަށް ކައިރި ކުރި އެއާއިންޑިއާގެ ފުރަތަމަ މަތިންދާބޯޓު، އޭއައި 2239 ފުލައިޓަށް މަރުހަބާ ކިއުމުގެ ފުލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން އެ ފްލައިޓަށް ހާއްސަ ވޯޓާރ ސެލިއުޓެއް އެމްއޭސީއެލުން ވަނީ އަރުވާފައެވެ.
އެ ފުލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހަދިޔާ ދީ ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.
މިއީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 18 ވަނަ އެއާލައިނެވެ.





