ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޗައިނާގެ ސިޗުއާން އެއަރލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ސިޗުއާން އެއަރލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ސިޗުއާން އެއަރލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ހަދިޔާ ވެސް ދީފައިވެއެވެ.
ވީއައިއޭގެ އާ ޓާމިނަލްއަށް ކައިރި ކުރި ސިޗުއާން އެއަރލައިންގެ ފުރަތަމަ މަތިންދާބޯޓު، ތިރީޔޫ 3923 ފުލައިޓަށް މަރުހަބާ ކިއުމުގެ ފުލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން އެ ފްލައިޓަށް ހާއްސަ ވޯޓާރ ސެލިއުޓެއް އެމްއޭސީއެލުން ވަނީ އަރުވާފައެވެ.
އެ ފުލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހަދިޔާ ދިނުމާއެކު ރަތް ފިނިފެންމަލުން ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.
މިއީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 19 ވަނަ އެއާލައިނެވެ. މި އެއަރލައިންގެ ދަތުރުތަށް ރާއްޖެއަށް ފަށާފައި ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަަކަށް ބަލާ އިރު ހުސްވި މަހުގެ 28ގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 290,941 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.





