ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރުކަމަށާއި ޤައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓް ލޭޑީ ސާޖިދާ އެ ފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސާޖިދާ ވިދާޅުވީ ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރުކަމަށާއި ޤައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަންކަމަށެވެ.
ހަމައެހެންމެ ޖާނާއި ލެއިން ޤުރުބާންވާން ތިބި ޢަޒުމު ވަރުގަދަ ދަރީން އަބަދު ވެސް މި ފަސްގަނޑުގައި ތިބޭނެކަންކަމަށާއި، ޤައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއްކަން ސާޖިދާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ސާޖިދާގެ ޕޯސްޓް ނިންމަވާލެއްވީ ތާއަބަދުމެ ނަޞްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ޤައުމުގައި ދެމެހެއްޓެވުން އެދި ދުޢާކުރައްވަމުންނެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލާއި އަދާވަތްތެރިންގެ މައްޗަށް ދިވެހީން ހޯދި ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ.





