މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ރަސްގެތީމު ގެއެއް ބަލައިފާސްކޮށް 9 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި 9 މީހުން ވެސް ހައްޔަރުކޮށްފައިވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައެވެ.
މި ގުޅިގެން ހައްޔަރުކޮށްފައި ވަނީ
1- ރ. ހުޅުދުއްފާރު / ލޫނާ، އަހްމަދު ނިހާން (23އ)
2- ރ. ރަސްގެތީމު / އިރުދޭމާގެ، އިބްރާހީމް ރިޝާމް (36އ)
3- ރ. ހުޅުދުއްފާރު / ފަތިސްހަނދުވަރުގެ، އާދަމް ނަސީމް (30އ)
4- ޅ. ނައިފަރު / ހަނަފަސްގެ، އަމީނާ މުހައްމަދު (32އ)
5- ރ. ހުޅުދުއްފާރު / އާސްމާނުވިލާ، އައްޔޫބު އާދަމް (33އ)
6- ހދ. ކުޅުދުއްފުށި / ބީޗްސައިޑް، ފަރީހާ ބިންތި އަލީ ވަހީދު (21އ)
7- ރ. ހުޅުދުއްފާރު / ލައިނޫފަރުގެ، އިބްރާހީމް އާދިލް (38އ)
8- ރ. ރަސްގެތީމު / އިރުދޭމާގެ، އަހްމަދު ވިޝާމް (41އ)
9- ރ. ހުޅުދުއްފާރު / އާސްމާނުވިލާ، ހުސައިން ސަރްޙާން (30އ)
ރ. ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 15 ކަރުދާސްކޮޅާއި 2 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަހްމަދު ނިހާން (23އ) އާއި، އިބްރާހީމް އާދިލް (38އ) އާއި، އާދަމް ނަސީމް (30އ) އާއި، އިބްރާހީމް ރިޝާމް (36އ) 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ. އަދި އަމީނާ މުހައްމަދު (32އ) އާއި، އައްޔޫބު އާދަމް (33އ) އާއި، ފަރީޙާ ބިންތި އަލީ ވަހީދު (21އ) އާއި، އަހްމަދު ވިޝާމް (41އ) އާއި، ހުސައިން ސަރްހާން (30އ) 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އެ މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.





