މޫނުގެ ހަންގަނޑަށް ކުރިމަތިވާ ބިހިތައްނެގުމާއި ލަކުނު އަދި މި ކަންކަމުން ދުރުވުމަށް ކެމިކަލްހިމެނޭ ފޭސްކްރީމްތަކާއި ބޭސްތައް ބޭނުންކުރުމުން ހަންގަނޑުގައި ރޫޖެހި މުސްކުޅިވީކަމުގެ އިހުސާސްކުރެވެއެވެ. މޫނުގެ ހަންގަނޑަށް ފަރުވާ ދިނުމަށް ކެމިކަލް ނުހުންނަ ތަކެތި ބޭނުންކޮށްގެން ވަރަށް ގިނަ ހޯމްރެމެޑީ ތައް ގޭގައި ތައްޔާރުކޮށްލަން ވަރަށް ފަސޭހައެވެ.
މިގެންސްދޭ ޗޮކްލެޓް ފޭސް މާސްކަކީ ވެސް އޭގައި ހަންގަނޑަށް ބޭނުންވާ ގިނަގުނަ ފައިދާ ތައްއެކުލެވޭ އެހާމެ ފަސޭހައިން ތައްޔާރުކޮށްލެވޭ މާސްކެކެވެ. ޗޮކްލެޓަކީ އޭގައި އެންޓި އޮކްސިޑެންޓް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ.
ބޭނުންވާ ތަކެތި:
1/4 ޖޯޑު ޑާކްޗޮކްލެޓް ވިރުވާފައި
2 މޭޒުމަތީ ސަމްސާ ހެވީ ކްރީމް
1 މޭޒުމަތީ ސަމްސާ މާމުއި
1 މޭޒުމަތީ ސަމްސާ ލުނބޯހުތް
މިހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްފައި ބިއްލޫރި ފުޅިއަކަށް އަޅާށެވެ. ދެން ކޮންމެ ދުވަހަކު މި މާސްކް މޫނުގައި އުނގުޅުމަށް ފަހު ހަންގަނޑަށް އަންނަ ބަދަލު ބަލައިލާށެވެ.
ހަންގަނޑުގެ ޒުވާންކަމާއި ރީތިކަން ދެމެހެއްޓުމަށްޓަކައި ބޭނުން ކުރަން އެންމެ ރަނގަޅީ ޤުދުރަތީ ފަރުވާތަކެވެ. ސަބަބަކީ ހަންގަނޑަށް މުހިންމު ވިޓަމިންތަކާއި އެކި މާއްދާތައް އެންމެ އެދެވޭ ގޮތުގައި ލިބެން ހުންނަނީ ތާޒާ މޭވާ އާއި އެހެނިހެން ޤުދުރަތީ ބާވަތްތަކުގައި ކަމުގައި ވާތީއެވެ.





