ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ސުވާލުކުރުމަށްޓަކައި މީހަކު ހާޒިރުވުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ތ. ތިމަރަފުށި، ކަށިމާގެ، އުމުރުން 33 އަހަރުގެ މުޙައްމަދު ޙައްސާން އެވެ.
ފުލުހުން ބުނި ގޮތުގައި، ޙައްސާން ހޯދަމުން ދަނީ ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށެވެ. ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން، ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގާފައެވެ. ފުލުހުންގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ޙައްސާން ހާޒިރުވާން ޖެހެނީ 2026 ޖަނަވަރީ 22 ވަނަ ދުވަހުގެ 14:00 އަށް، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.
މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.





