DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ދަތްފަނިކެއުމުން ރައްކާތެރިވެ، ދަތުގެ ސިއްހަތު ދެމެހެއްޓުމަށް ތަޖުރިބާކާރުންގެ އިރުޝާދު

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
ޖެނުއަރީ 20, 2026
0
ދަތްފަނިކެއުމުން ރައްކާތެރިވެ، ދަތުގެ ސިއްހަތު ދެމެހެއްޓުމަށް ތަޖުރިބާކާރުންގެ އިރުޝާދު
0
SHARES
384
VIEWS
Share on FacebookShare on Twitter

ދަތުގެ ސިއްހަތު ރަނގަޅުކޮށް، ރީތި ހިނިތުންވުމެއްގެ ވެރިއަކަށް ވުމަކީ ކޮންމެ މީހެއްގެވެސް އެދުމެކެވެ. ނަމަވެސް، ވަރަށް ބަލައިގެން އުޅުނު ނަމަވެސް، ބޮޑެތި މީހުންނާއި ކުޑަކުދިންގެ ދަތްތައް ފަނިކެއުމަކީ ރާއްޖޭގައިވެސް އާންމުކޮށް ދިމާވާ ބޮޑު ގޮންޖެހުމެކެވެ. މިކަމުން ރައްކާތެރިވެ، ދަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ސިއްހީ ތަޖުރިބާކާރުން ވަނީ ހާމަކުރައްވާފައެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ދަތް ފަނިކެއުމާއި، ދަތުގައި ކޮބަޑި ނުވަތަ ފޮރި ޖެހުމުގެ އިތުރުން ހިރުގަނޑު ގިރުމުގެ މައްސަލަ ދިމާވާ މައިގަނޑު ސަބަބަކީ ކެއުމަށްފަހު ދަތްތަކުގެ ދޭތެރޭގައި ތާށިވެފައި ހުންނަ ކާނާގެ ބައިތަކެވެ. ޚާއްސަކޮށް ހަކުރު ގިނައިން އެކުލެވޭ ކާނާއާއި ބުއިންތައް އާދަކޮށް ބޭނުންކުރުމާއި، އަބަދާ އަބަދު ސްނެކްސް ކެއުމަކީ ދަތް ފަނިކެއުމުގެ ނުރައްކާ އިންތިހާއަށް އިތުރުކުރާ ކަމެއްކަން އެބޭފުޅުން ފާހަގަކުރައްވައެވެ.

ދަތްތަކުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ތަޖުރިބާކާރުން އިރުޝާދު ދެއްވާ ބައެއް މުހިންމު ކަންކަން ތިރީގައި އެވަނީއެވެ:

ދޫ ސާފުކުރުން:
ދަތް އުނގުޅުމަކުން އެކަނި އަނގަ ސާފެއް ނުވެއެވެ. އަނގަ ތެރޭގައި ހުންނަ ޖަރާސީމުތައް ފުރިހަމައަށް ނައްތާލެވޭނީ ދޫވެސް ރަނގަޅަށް ސާފުކޮށްގެންނެވެ. މީގެ ސަބަބުން އަނގައިން ނުބައިވަސް ދުވުން ހުއްޓުވައި، އަނގައިގެ ސިއްހަތު ރަނގަޅުކޮށްދެއެވެ. ދޫ ސާފުކުރުމަށް ޚާއްސަ ކުރުވާލެއް ނުވަތަ ބްރަޝްގެ ފަހަތުގައި ހުންނަ ބައި ބޭނުންކުރެވިދާނެއެވެ.

ދަތް އުނގުޅާނެ ރަނގަޅު ގޮތް:
ދަތް އުނގުޅާއިރު ބާރަށް އުނގުޅުމުގެ ބަދަލުގައި، މަޑުމަޑުން ފަރުވާތެރިކަމާއެކު ދަތް އުނގުޅުމަށް ސަމާލުކަން ދޭންޖެހެއެވެ. ގަދަޔަށް އުނގުޅުމަކީ ދަތްތަކުގެ އެނަމަލްއަށާއި ހިރުގަނޑަށް ގެއްލުންވާނެ ކަމެކެވެ. މީގެ އިތުރުން، ކޮންމެ ކެއުމަކަށްފަހު ހުސް ފެންފޮދަކުން އަނގަ ދޮވުމަކީ ދަތުގެ ދޭތެރޭގައި ހުންނަ ބައިތައް ނައްތާލުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ސްނެކްސް މަދުކުރުން:
ހަކުރު ގިނައިން ހުންނަ ސްނެކްސްތަކާއި ފިނި ބުއިންތައް ބޭނުންކުރާ މިންވަރު މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިފަދަ ތަކެތީގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި ކާނާއަށް އިސްކަންދިނުމަކީ ދަތް ފަނިކެއުމުން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު އެއް މަގު ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ދަތްތައް ފްލޮސްކުރުން:
ރޭގަނޑު ނިދުމުގެ ކުރިން ދަތް އުނގުޅުމުގެ އިތުރުން ފްލޮސް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުވާލު ކެއުމުގައި ބޭނުންކުރާ ތަކެތީގެ ކުދި ބައިތައް ދަތްތަކުގެ ދޭތެރޭގައި ހަރުލާފައި ހުރެއެވެ. ފްލޮސް ކުރުމުން މި ތަކެތި ފަސޭހައިން ނައްތާލެވި، ކޮބަޑި ޖެހުމާއި ހިރުގަނޑުގެ ބަލިތަކުން ދުރުކޮށްދެއެވެ.

މި އިރުޝާދުތަކަށް ފަރުވާތެރިވުމަކީ ދަތްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި ދަތުގެ ސިއްހަތަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ގަވާއިދުން ދަތުގެ ޑޮކްޓަރަށް ދައްކައި ޗެކްއަޕް ހެދުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily