ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލައެއްގައި ހައްޔަރުކުރި ސްރީ ލަންކާގެ ދެ މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު އެއާޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ތިލަކް ސޯމަޗަންދުރަ އާއި 46 އަހަރުގެ ޕްރިޔަންތަ ސިލްވާ އެވެ.
ފުލުހުން ބުނި ގޮތުގައި، މި މަހުގެ 10 ވަނަ ދުވަހު އެ ހަމަނުޖެހުން ހިނގި ވަގުތު ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހުންނަށް ނަސޭހަތްތެރިވެ ފޮނުވާލާފައިވެއެވެ. ނަމަވެސް، މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްފަހު، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ގާޒީ ވަނީ އެ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެއާޕޯޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އާންމުން ހިދުމަތް ހޯދާ ތަނަކަށްވާއިރު، އެތަނުގެ މަސްލަހަތު ގެއްލޭ ފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.





