DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ކެލާ ފަޅުގައި 2 ރިސޯޓު ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފި

މުހައްމަދު އާސިފް by މުހައްމަދު އާސިފް
އޯގަސްޓް 2, 2025
0
ކެލާ ފަޅުގައި 2 ރިސޯޓު ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފި
0
SHARES
8
VIEWS
Share on FacebookShare on Twitter

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް, ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފިއެވެ.

ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން، މިދިޔަ މާޗް މަހުގެ 29ގައި ރައީސް ވަނީ ރަށްރަށުގެ އިހުތިސާސް ކަނޑައަޅަން އެ މަނިކުފާނަށް ލިބިދީފައިވާ ބާރުގެ ދަށުން ކެލާގެ ފަޅުތެރެއިން 325.5 ހެކްޓަރު އުނިކުރައްވައިފައެވެ.

އެހެންނަމަވެސް، ޓޫރިޒަމް މިނިސްޓްރީން މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު 14 ސަރަހައްދެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައި، އިއުލާނުކުރިއިރު އޭގެ ތެރޭގައި ކެލާގައި ރިސޯޓުތައް ތަރައްގީކުރުމަށް ހިމަނާފައެއް ނުވެއެވެ. އެ އިއުލާނުގައި ރާއްޖޭގެ 11 ފަޅަކާއި، ދެ ރަށެއްގެ އިތުރުން ފިނޮޅެއްގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލައިފައިވެއެވެ.

އެ އިއުލާން ނެރުނުތާ މަހެއްވީ ފަހުން މިއަދު ޓޫރިޒަމް މިނިސްޓްރީން ވަނީ އިއުލާނަށް އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގައި ވަނީ، ރިސޯޓު ތަރައްގީ ކުރަން ކެލާ ފަޅުން 156.2 ހެކްޓަރުގެ ސަރަހައްދަކާއި، 169.3 ހެކްޓަރުގެ ސަރަހައްދެއް ދޫކުރާކަން ހިމަނައިފައެވެ.

މި ދެ ފަޅުގައި ވެސް 150 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ވަނީ ބީލަމަށް ހުޅުވާލައިފައެވެ.

މިނިސްޓްރީގެ އިއުލާނުގައި ވާގޮތުންނަމަ ރިސޯޓުތައް ތަރައްގީކުރަން މިހާރު ހުޅުވާލާފައި މިވަނީ 16 ސަރަހައްދެއްގައެވެ. އޭގެ ތެރޭގައި:

  • ހއ. އަތޮޅުގެ ފަސް ފަޅެއް – 150 އެނދުގެ ފަސް ރިސޯޓު
  • ހދ. އަތޮޅުގެ ފަސް ފަޅެއް – 150 އެނދުގެ ފަސް ރިސޯޓު
  • ށ. އަތޮޅުގެ ތިން ފަޅެއް – 150 އެނދުގެ ފަސް ރިސޯޓު
  • ތ. ކުރަންދުވަރު – 100 އެނދުގެ ފަސް ރިސޯޓު
  • ތ. ކަނޑޫފުށި – 100 އެނދުގެ ފަސް ރިސޯޓު
  • ލ. ގަސްގަނޑުފިނޮޅު – 100 އެނދުގެ ފަސް ރިސޯޓު

ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް މިހާރު ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ.

އެ މައްސަލައަށް ލިބޭނެ ހައްލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ މިހާރު ތަރައްގީ ކުރަމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. މިދިޔަ މަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އެ އެއާޕޯޓު ތަރައްގީ ކުރުމުގެ 88.7 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށާއި، އަންނަ ސެޕްޓެންބަރުގައި އެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވަނީ މި އަހަރާއި އަންނަ އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ އަހަރުތައް ކަމަށާއި ވައުދުތައް އެ މުއްދަތުގައި ފުއްދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަށްރަށުގެ ރައްޔިތުން ގާތަށް ވަޑައިގެން ތަކުރާރުކޮށް އެމަނިކުފާނު ދަނީ އެފަދައިން ވިދާޅުވަމުންނެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily