DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ހުސްބަނޑާ ހުރެ ކެއުމަށް ނުރަނގަޅު ކާނާގެ ބާވަތްތައް

ޝަޒްނާ ޢަލީ by ޝަޒްނާ ޢަލީ
ޖެނުއަރީ 28, 2026
0
ހުސްބަނޑާ ހުރެ ކެއުމަށް ނުރަނގަޅު ކާނާގެ ބާވަތްތައް
0
SHARES
644
VIEWS
Share on FacebookShare on Twitter

ދުވާލުގެ އެންމެ މުހިއްމު ކެއުން ކަމުގައިވާ ހެނދުނުގެ ނާސްތާ އަކީ ހަށިގަނޑަށް ބޭނުންވާ ބާރާއި ވަރު ދިނުމަށް ކޮންމެހެންވެސް ބޭނުންތެރި ކެއުމެކެވެ.

އާންމުކޮށް ހެނދުނު ހޭލާ ގޮތަށް ހުސްބަނޑާ ހުރެ ނާސްތާ ކުރުމުގައި ގިނަ ބަޔަކު ސިއްހަތަށް ފައިދާ ހުރި ކާނާ ހިމެނުމަށް އިސްކަންދެއެވެ. ނަމަވެސް، ސިއްހީ މާހިރުން މިހާރު ވަނީ ހުސްބަނޑާ ހުރެ ކެއުމަށް އެހާ ރަނގަޅު ނޫން ބައެއް ކާނާގެ ބާވަތްތައް ހާމަކޮށް، އެކަމަށް އާންމުން ސަމާލުވުމަށް އިންޒާރު ދީފައެވެ.

ސީނިއަ ޑައިޓީޝަން، ވާރްޝާ ޝަރުމާ ވިދާޅުވެފައިވަނީ، ހުސްބަނޑާ ހުރެ ކެއުމުން ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ފަސް ބާވަތެއްގެ ކާނާ ދެނެގަތުން މުހިއްމު ކަމަށެވެ. އެ ބާވަތްތަކަކީ އެހެން ވަގުތުތަކުގައި ސިއްހަތަށް ފައިދާހުރި ތަކެއްޗަށް ވިޔަސް، ހެނދުނު ހެނދުނާ ކެއުމުން ހަށިގަނޑަށް ނުރަނގަޅު އަސަރުތަކެއް ކުރިމަތިވެދާނެ ތަކެއްޗެވެ.

1. ހުތްކަން އެކުލެވޭ ނުވަތަ ސިޓްރަސް މޭވާ
އޮރެންޖު، ލުނބޯ އަދި ގްރޭޕްފުރުޓު ފަދަ ހުތް މޭވާތަކަކީ ވިޓަމިން ސީއިން މުއްސަނދި ބާވަތްތަކެކެވެ. ނަމަވެސް، ވާރްޝާ ޝަރުމާ ވިދާޅުވާ ގޮތުގައި، ހުސްބަނޑާހުރެ މި ބާވަތްތައް ކެއުމަކީ ބަނޑުގެ މައްސަލަތައް ހުންނަ މީހުންނަށް ގޭސްޓްރިކް އުނދަގޫތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމެކެވެ. އެހެންކަމުން، ހެނދުނުގެ ނާސްތާގައި މިފަދަ މޭވާގެ ބަދަލުގައި އާފަލެއް ނުވަތަ ދޮންކެޔޮ ހިމެނުމަށް އޭނާ އިރުޝާދު ދެއްވިއެވެ.

2. ކުޅިކޮށް ހުންނަ ކެއުންތައް ނުވަތަ ހަވާދުގެ ބާވަތްތައް
އާންމުކޮށް ކުޅި ކެއުންތަކަކީ ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާތަކެއް ލިއްބައިދޭ ބާވަތްތަކެކެވެ. ނަމަވެސް ހެނދުނު ހުސްބަނޑާ ހުރެ ކުޅިކާނާ ކެއުމުން ބަނޑުގައި ވައި ހެދި، ބަނޑުގައި ރިއްސުންފަދަ އުނދަގޫތައް ކުރިމަތިވެދާނެއެވެ. އެހެންކަމުން މިފަދަ ކެއުންތަކުގެ ބަދަލުގައި އޯޓްސް ނުވަތަ ހުތްކަމެއް ނެތް މޭވާއިން ތައްޔާރުކޮށްފައިވާ ސްމޫތީއެއް ބޭނުންކުރުން ރަނގަޅެވެ.

3. ފޮނި ކެއުންތަކާއި ހަކުރު އެކުލެވޭ ބުއިންތައް
ޕޭސްޓްރީ، މޭވާއިން ތައްޔާރުކޮށްފައިވާ ޖޫސް، އަދި އެކި ކަހަލަ ސީރިއަލްތަކަކީ ފޮނި ނާސްތާއެއްގައި ގިނައިން ފެންނަ ބާވަތްތަކެކެވެ. ނަމަވެސް ހުސްބަނޑާހުރެ މި ބާވަތްތައް ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށް ގޮސް، ދިގު މުއްދަތުގައި ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމަށް ވާރްޝާ ޝަރުމާ ވިދާޅުވިއެވެ.

4. ނުކައްކާ ހުންނަ ތަރުކާރީގެ ބާވަތްތައް
ކެރެޓް، ބްރޮކޮލީ، އަދި ކެބެޖު ފަދަ ނުކައްކާ ތަރުކާރީ ހުސްބަނޑާ ހުރެ ކެއުމުން އެއިން ގޭސް އުފައްދައި، ބަނޑު ފުފޭގޮތް ވެދާނެއެވެ. ސަބަބަކީ މިފަދަ ތަކެތި ހަޖަމުކުރުމަށް ވަގުތު ނެގޭ ބާވަތްތަކަށް ވުމެވެ. ހެނދުނު ތަރުކާރީ ކާހިތްވެއްޖެނަމަ، އެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސޫޕެއް ބުއިމަށް ޑައިޓީޝަން ލަފާދެއްވައެވެ.

5. ކާބޮނޭޓެޑް ބުއިންތަކާއި ކޮފީ
ބަނޑުގެ މައްސަލަތައް ހުންނަ މީހުން ހުސްބަނޑާ ހުރެ ކޮފީ ބުއިމަކީ ބަނޑުގައި ވައި ހެދި ގޭހުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމެކެވެ. ކޮފީ ބުއިމުގެ އާދަ ހަރުލާފައިވާނަމަ، ކޮފީއާ އެކު ޕްރޮޓީން އެކުލެވޭ އެއްޗެއް ބޭނުންކުރުމަށް ވާރްޝާ ޝަރުމާ އިރުޝާދު ދެއްވިއެވެ. މީގެ އިތުރުން ކާބޮނޭޓެޑް ބުއިންތަކަކީ ހަޖަމުކުރުން ލަސްކޮށްދޭ އެއްޗަކަށް ވާތީ، ހުސްބަނޑާ ހުރެ އެފަދަ ބުއިންތަކާ ދުރުހެލިވުމަށް ވެސް އޭނާ ލަފާދެއްވިއެވެ.

ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް ވެސް ރަނގަޅު ވަގުތުތަކުގައި ބޭނުންކުރުމަކީ މުހިއްމުކަމެއް ކަމަށް ޑައިޓީޝަން ވާރްޝާ ޝަރުމާ ފާހަގަކުރެއްވިއެވެ. މިފަދަ މައުލޫމާތުތަކަށް ސަމާލުކަން ދިނުމަކީ ދިގު މުއްދަތަށް ހަށިގަނޑުގެ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily