DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ރޯދަ ބަދިގެ: ކަނޑު ކުކުޅު

ޝަޒްނާ ޢަލީ by ޝަޒްނާ ޢަލީ
ފެބްރުއަރީ 24, 2026
0
ރޯދަ ބަދިގެ: ކަނޑު ކުކުޅު
0
SHARES
236
VIEWS
Share on FacebookShare on Twitter

ދިވެހިންގެ ސުފުރާތަކުން ރޯދަމަހު ފެންނަ އެންމެ ޚާއްސަ އަދި އެންމެ ރަހަމީރު އެއް ރިހައަކީ ”ކަނޑު ކުކުޅު“ ކަން ކަށަވަރެވެ. ކަނޑުމަހުން ތައްޔާރުކުރާ މި ރިހައަކީ ދިވެހިވަންތަ ރަހަތަކުން މުއްސަނދިވެފައިވާ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކެއުމެކެވެ.

މިއަދު މި ގެނެސްދެނީ 4 ނުވަތަ 5 މީހުންނަށް ފުދޭވަރަށް ކަނޑު ކުކުޅު ތައްޔާރުކުރާނެ ރެސިޕީއެކެވެ. މި ރެސިޕީއަކީ ކުޅިކޮށް ހުންނާނެ ރެސިޕީއަކަށް ވުމުން، ކުޅިކޮށް ކާން ބޭނުންނުވާ ފަރާތްތަކުން މިރުސް އަޅާ މިންވަރު މަދުކޮށްލެވިދާނެއެވެ.

ބޭނުންވާ ތަކެތި:

  • 500 ގްރާމް ކަނޑުމަސް
  • 12 ކާފޫރު ތޮޅި
  • 2 މޭޒުމަތީ ސަމުސާ މުގުރި ދިރި
  • 2 މޭޒުމަތީ ސަމުސާ މުގުރި ދަވިއްގަނދު
  • 5 ލޮނުމެދު
  • 4 ފިޔާ
  • 2 އިންޗީގެ އިނގުރު ކޮޅެއް
  • 26 ހިކި މިރުސް (ނޫނީ ބޭނުން ވަރަކަށް)
  • 5 ހިކަނދިފަތް
  • ½ ސައިސަމުސާ ރީނދޫ
  • 5 އިންޗީގެ ރާނބާފަތްކޮޅެއް
  • 3 އިންޗީގެ ފޮނިތޮށި ކޮޅެއް
  • 1 ޖޯޑު ފެންކިރު
  • ½ ޖޯޑު ބޯކިރު
  • 1/3 ޖޯޑު ހުނި
  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • 1 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
  • 2/3 ޖޯޑު ފެން

ހަވާދުގަނޑު ތައްޔާރުކުރުން:
ފުރަތަމަ 2 ފިޔާ، 3 ލޮނުމެދު އަދި އިނގުރުކޮޅު ކުޑަކޮށް ކޮށާލުމަށްފަހު މިކްސަރަށް އަޅާށެވެ. އެއަށްފަހު ހުނި، ލޮނު، ދަވިއްގަނދު، ދިރި، 8 ކާފޫރު ތޮޅީގެ އޮށް، 3 ހިކަނދިފަތް، ރީނދޫ، ހިކިމިރުސް، އަދި ކުޑަ ފޮނިތޮށިކޮޅެއް އެއްކޮށް އަޅައިގެން އޮމާން ޕޭސްޓްގަނޑެއް ހަދާށެވެ.

މަސް ތައްޔާރުކުރުން:
މަސްތައް 3 އިންޗީގެ ބުރިބުރިއަށް ކޮށުމަށްފަހު، ކޮންމެ ބުރިއެއް ފޮތިކޮށްލާނީ އެތެރެއަށް ހަވާދު އަޅައިގެން އޮޅާލެވޭނެ ބޯމިނެއްގައެވެ. ރާނބާފަތްކޮޅު ހިމަދިގުކޮށް ކަފާލާށެވެ. މަސްފޮއްޗެއްގެ އެއްކޮޅުގައި ކުރިން ތައްޔާރުކުރި ހަވާދުން ސައިސަމުސަލެއްހާ އެތިކޮޅެއް އެޅުމަށްފަހު އޮޅާލާށެވެ. އަދި ކަފާފައި ހުރި ރާނބާފަތުން މަސްފޮތި ރަނގަޅަށް އައްސާލާށެވެ.

ކެއްކުމުގެ މަރުހަލާ:
ބާކީ ހުރި ފިޔާ އަދި ލޮނުމެދު ތުނިކޮށް ކޮށާލުމަށްފަހު، ބޮޑު ތެއްޔެއްގައި ތެޔޮ ހޫނުކޮށް، ފިޔާ، ހިކަނދިފަތް، ކާފޫރުތޮޅި އަދި ފޮނިތޮށި އަޅައިގެން ރަތްކުރާށެވެ. ފިޔާކޮޅު ރަތްވުމުން ލޮނުމެދު އަޅާލައި، އޭގެ ދެބައިކުޅަ އެއްބައި ވަކި ތަށްޓަކަށް ނަގާށެވެ.

ތެލީގައި ހުރި ތަކެތީގެ ތެރެއަށް ފެންކިރާއި، ފެނާއި، ބާކީ ހުރި ހަވާދު އަޅައިގެން 2 މިނެޓު ކައްކާލުމަށްފަހު، މަޑުމަޑުން މަސްތައް އަތުރާލާށެވެ. މަސްތައް ރޯފިލަން 15-20 މިނެޓު ނަގާނެއެވެ. މި ވަގުތު ތެލި ތެރެއަށް ދޭފަތް ނުލައި، ބޭނުންނަމަ ތެލި ހިއްލާލައިގެން ހަލުވާލާށެވެ. އެންމެ ފަހުން ބޯކިރު އަދި ކުރިން ނެގި ފިޔާކޮޅު އަޅައި އެއްކޮށްލުމަށްފަހު އުނދުން ނިވާލާށެވެ.

މިހާރު މިވަނީ ރޯދަ ވީއްލާ ގަޑިއަށް ނުވަތަ ހާރު ކެއުމަށް ވަރަށް މީރު ކަނޑު ކުކުޅެއް ތައްޔާރުކޮށް ނިމިފައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily