މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ދިރާގު ކަސްޓަމަރުންނަށް އާއިލާ އާއި ރައްޓެހިންނަށް ހިލޭ ޑޭޓާ ހަދިޔާކުރެވޭނެ ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު އިފުތިތާހުކޮށްފިއެވެ.
މި ޕްރޮމޯޝަނަކީ ރަމަޟާން މަހު ދިރާގުން ކުރިއަށް ގެންދިޔަ މަގުބޫލު ”ކާށި ބިނުން“ ޕްރޮމޯޝަނަށް ލިބުނު ބޮޑު ތަރުހީބަށްފަހު، އީދުގެ އުފާވެރިކަން ފާހަގަކުރުމުގެ ގޮތުން ފެށި ހަރަކާތެކެވެ. އީދު ދުވަހުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ކޮންމެ ކަސްޓަމަރަކަށްވެސް އެ ފަރާތެއްގެ އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން 5 މީހަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ޕްރިޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ. މިގޮތަށް ލިބޭ ޑޭޓާ ކޮންމެ މަހަކުވެސް 5 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި ލިބޭނީ 24 ގަޑިއިރަށް ބޭނުންކުރެވޭނެ ބޯނަސް ޑޭޓާއެވެ.
ހިލޭ ޑޭޓާގެ އިތުރުން، މި ޕްރޮމޯޝަންގެ ތެރެއިން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ދިރާގުން ވަނީ ހުޅުވާލާފައެވެ. އެގޮތުން ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ފަރާތަށާއި ލިބޭ ފަރާތަށް ވެސް 5 ”ރަން ޓިކެޓު“ ލިބޭނެއެވެ. މި ޓިކެޓުތަކަކީ އަގުހުރި އިނާމުތަކުގެ ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތެކެވެ. އަދި ޖުމްލަ 5 ކާށި ބިނދެފިނަމަ ”ރަން ކާށްޓެއް“ ބިނުމުގެ ފުރުސަތު ލިބި، އެކުލެވިގެންވާ 50 ޓިކެޓު ހާސިލުކުރެވޭނެއެވެ.
ޕްރޮމޯޝަނުގައި ހުށަހަޅާފައިވާ ބައެއް އަގުހުރި އިނާމުތައް:
- އެޕަލް މެކްބުކް ނިއޯ
- ސޮނީ ޒީވީ-އީ10 ޑީއެސްއެލްއާރް ކެމެރާ
- އެޕަލް އެއަރޕޮޑް މެކްސް
- ނެސްޕްރެސޯ ސިޓިޒް ކޮފީ މެޝިނާއި ކޮފީ ޕޮޑްސް
- ޓީޓީ ރޭސިންގް އެއާ ފްލެކްސް ގޮނޑި އަދި ސްމާޓް ޑެސްކް
- އެމެޒޯން އެލެކްސާ އެކޯ ޑޮޓް (5 ވަނަ ޖެނެރޭޝަން)
ދިރާގުން ބުނި ގޮތުގައި މިފަދަ ޕްރޮމޯޝަންތަކުގެ މަގުސަދަކީ އެކި މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމެއް ގެނެސްދީ، ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.





