DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާން ހުއްޓައިލަން ޗައިނާއިން ގޮވާލައިފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
މާރޗް 23, 2026
0
އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާން ހުއްޓައިލަން ޗައިނާއިން ގޮވާލައިފި
0
SHARES
334
VIEWS
Share on FacebookShare on Twitter

މުޅި މެދުއިރުމަތީގެ ހަމަޖެހުމަށްޓަކައި، އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާނު ހުއްޓައިލުމަށް ޗައިނާއިން އެމެރިކާ އާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތަށް ގޮވާލައިފިއެވެ.

ޗައިނާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޖާއީ ޖޫން، ސަޢުދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ކުވެއިތަށް ކުރެއްވި ދަތުރުފުޅަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަނގުރާމަ ނިމުމަކަށް ގެންނަންޖެހޭނީ މި ހަނގުރާމަ ފެށި ބަޔަކު ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިޔާން ވިދާޅުވީ، މިފަދަ ޙާލަތްތަކުގައި އަސްކަރީ ބާރުގެ ބޭނުންކުރުމަކީ، ނިމުމެއް ނެތް ކުރިމަތިލުންތަކެއްގެ ތެރެއަށް ސަރަޙައްދު ވެއްޓިގެންދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހަނގުރާމަ އިތުރަށް ދިގުލާނަމަ، މުޅި ސަރަޙައްދަށް މި ކުރިމަތިލުންތައް ފެތުރި، މުޅި މެދުއިރުމަތި ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިގެންދާނެއެވެ.

ލިން ޖިޔާންގެ ވާހަކަފުޅުގައި، މީގެ 23 އަހަރު ކުރިން އިރާޤަށް އެމެރިކާއިން އިސްވެ އަރައި ފެށި ހަނގުރާމައިގެ ހިތި ނަތީޖާއަށް އަލިއަޅުއްވާލެއްވިއެވެ. އެ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް މިއަދުވެސް އިރާޤުގެ ރައްޔިތުން ތަޙައްމަލުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެމެރިކާއިން ހިންގި އެ އަސްކަރީ އޮޕަރޭޝަނުގައި ސައްދާމް ޙުސައިންގެ ވެރިކަން ނިމުމަކަށް ގެނެވުނުނަމަވެސް، މުޅި ޤައުމު ހަލާކުވެ، 100,000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

ޗައިނާއިން ބުނެފައިވަނީ އިރާޤަށް ކުރިމަތިވި ހިތްދަތި ޙާލަތުން ފިލާވަޅު ލިބިގަނެ، މަޝްރަޙު އިތުރަށް ގޯސްވުމުގެ ކުރިން އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާނު ވަގުތުން ހުއްޓައިލަންޖެހޭ ކަމަށެވެ.

ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، ތެހްރާނުން ދަނީ އެ ޤައުމުގެ އިސްތިޤުލާލު ދިފާޢުކުރުމަށްޓަކައި ވަރުގަދަ އަސްކަރީ ރައްދެއް ދެމުންނެވެ.

މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް މައްސަލައަކީ ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ޤާއިމުކޮށްފައިވާ އަސްކަރީ ބަންދެވެ. ހުރްމުޒް ހުރަސްކޮށް ދަތުރުކުރުމަށް ތެހްރާނުން ހުރަސްއަޅަމުންދަނީ އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް ކުންފުނިތަކުގެ އާގުބޯޓުފަހަރަށެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު މަގު ބަންދުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ އިންތިހާއަށް އުފުލިފައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily