DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

މެދުއިރުމަތީގެ ހާލަތު ރަޝިޔާއިން ގާތުން ބަލަމުންދަނީ

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
މާރޗް 24, 2026
0
މެދުއިރުމަތީގެ ހާލަތު ރަޝިޔާއިން ގާތުން ބަލަމުންދަނީ
0
SHARES
393
VIEWS
Share on FacebookShare on Twitter

މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމަވެރި ހާލަތާއި، ވަކިން ހާއްސަކޮށް އީރާނާ ގުޅޭގޮތުން ދެކެވެމުންދާ ފުށުއަރާ ވާހަކަތައް ރަޝިޔާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެ ގައުމުގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ބުނެފިއެވެ.

ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕެސްކޮވް ވިދާޅުވީ، އީރާނުގެ މަސްރަހާ ގުޅޭގޮތުން އެއް ދުވަހެއްގެ ތެރޭގައި ތަފާތު އެކި ބަޔާންތައް އިވިފައިވާ ކަމަށެވެ. އަދި ރަޝިޔާއިން އެ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށާއި، މި މައްސަލައަށް އަވަސް މުސްތަގުބަލެއްގައި ސުލްހަވެރި ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕެސްކޮވް މިހެން ވިދާޅުވެފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ބިނާކުރުަނިވި މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްލާމީ އުންމަތުގެ ދުޝްމަނުން ކަމުގައިވާ ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ހަމަލާދީ ހަނގުރާމަ ފެށި ފަހުން، އެފަދަ އެއްވެސް މަޝްވަރާއެއް ކުރިއަށް ގޮސްފައިވާ ކަމަށް އީރާނުން އެއްބަހެއް ނުވެއެވެ.

މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ އީރާނުން ހުރުމުޒު ކަނޑުއޮޅި ފުރިހަމައަށް ހުޅުވައިނުލާ ނަމަ، އެ ގައުމުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެ އިންޒާރަށްފަހު، އެމެރިކާއާއި ޔަހޫދީން ވަނީ އީރާނުގެ ބޫޝަހަރު ނިއުކްލިޔަރ ޕަވަރ ޕްލާންޓާ ކައިރި ސަރަހައްދަކަށް ހަމަލާދީފައެވެ. އެހެންނަމަވެސް، އެ ހަމަލާގައި ނިއުކްލިޔަރ މަރުކަޒަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާއާ ގުޅިގެން ކްރެމްލިނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕެސްކޮވް ވިދާޅުވީ ނިއުކްލިޔަރ މަރުކަޒެއް ހުންނަ ސަރަހައްދަކަށް ހަމަލާދިނުމަކީ ނުހަނު ނުރައްކާތެރި ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އިިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމަށެވެ. ރަޝިޔާގެ މި ކަންބޮޑުވުންތައް އެމެރިކާއާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (IAEA) ގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވަނީ ރަޝިޔާގެ ދައުލަތުގެ ނިއުކްލިޔަރ ކުންފުނި ’ރޮސަޓޮމް‘ ގެ އިސްވެރިޔާ އެލެކްސޭ ލިކަޝެވްއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. IAEA އިން ބުނި ގޮތުގައި، އެއްވެސް އަސްކަރީ ހަރަކާތެއްގެ ސަބަބުން ނިއުކްލިޔަރ ޕަވަރ ޕްލާންޓުތަކަށާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތަށް ނުރައްކާވެގެން ނުވާނެއެވެ. އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރި މާހައުލެއް އޮންނަންޖެހޭނެ ކަމަށްވެސް ގްރޮސީ ވިދާޅުވެފައިވެއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily