DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އެމެރިކާއާއެކު މަޝްވަރާއެއް ނުކުރަން، އީރާނުން ޓްރަމްޕްގެ ވާހަކަތައް ދޮގުކޮށްފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
މާރޗް 24, 2026
0
އެމެރިކާއާއެކު މަޝްވަރާއެއް ނުކުރަން، އީރާނުން ޓްރަމްޕްގެ ވާހަކަތައް ދޮގުކޮށްފި
0
SHARES
238
VIEWS
Share on FacebookShare on Twitter

އެމެރިކާއާއެކު އެއްވެސް ބާވަތެއްގެ ސީދާ މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށް އީރާނުން މިއަދު ހާމަކޮށްފިއެވެ. އީރާނުން މިކަން ހާމަކޮށްފައިވަނީ، ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނާއެކު ”ވަރަށް ކާމިޔާބު“ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.

އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި ޓްރަމްޕްގެ ވާހަކަފުޅަކީ މާލީ އަދި ތެލުގެ ބާޒާރު އޮޅުވާލުމަށް ފަތުރާ ”ދޮގު ޚަބަރެއް“ ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވެސް ވަނީ ސީދާ މަޝްވަރާތަކެއް ކުރެވުނުކަން ދޮގުކުރައްވާފައެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއިން ފޮނުވި މެސެޖުތަކެއް، މަސްރަޙު ފިނިކުރުމަށް މަސައްކަތްކުރާ އެކުވެރި ޤައުމުތަކެއް މެދުވެރިކޮށް ލިބިފައިވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހަތަރު ހަފުތާ ވެފައިވާއިރު، އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ސާޅީސް އަށް ގަޑިއިރުގެ ތެރޭގައި ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތައް ގޮއްވާލާނެ ކަމުގެ އިންޒާރު ޓްރަމްޕް މީގެ ކުރިން ދެއްވާފައިވެއެވެ.

އެހެންނަމަވެސް، ޓްރަމްޕް މިއަދު ’ޓްރުތް ސޯޝަލް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާއެކު ކުރެވެމުންދާ މަޝްވަރާތަކަށް ފުރުޞަތު ދިނުމުގެ ގޮތުން، އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ޙަމަލާދިނުން ފަސް ދުވަހަށް ފަސްކުރުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަންގަވާފައިވާ ކަމަށެވެ. ޓްރަމްޕްގެ މި ނިންމެވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 13 ޕަސެންޓް ދަށަށް ގޮސްފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ މި ނިންމެވުމަކީ ޕާކިސްތާނާއި މިޞްރު އަދި ތުރުކީ ފަދަ ޤައުމުތަކުން މެދުވެރިއެއްގެ ދައުރު އަދާކޮށް، މަސްރަޙު ފިނިކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. ނަމަވެސް އީރާނުގެ ރަސްމީ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ އެމެރިކާގެ ވާހަކަތަކަކީ ބާޒާރުގެ އަގުތަކަށް ނުފޫޒު ފޯރުވުމަށް ދައްކާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily