DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ރޯދަ ބަދިގެ: މެކްސިކަން ސްޓައިލް ޗިކަން ރައިސް

ޝަޒްނާ ޢަލީ by ޝަޒްނާ ޢަލީ
މާރޗް 24, 2026
0
ރޯދަ ބަދިގެ: މެކްސިކަން ސްޓައިލް ޗިކަން ރައިސް
0
SHARES
188
VIEWS
Share on FacebookShare on Twitter

ބަރަކާތްތެރި ރޯދަމަހުގެ ސުފުރާތަކަށް އައު ރަހައެއް އިތުރުކޮށްލުމަށް، މިފަހަރުގެ ”ރޯދަ ބަދިގެ“ އިން މި ގެނެސްދެނީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު ކެއުމެކެވެ. މިއީ ޓޮމާޓޯ ސޯސްއާއި، ދިރި އަދި އޮރިގާނޯ ފަދަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ ”މެކްސިކަން ސްޓައިލް ޗިކަން ރައިސް“ އެވެ.

މި ރެސިޕީއަކީ ގާތްގަނޑަކަށް 7 ނުވަތަ 8 މީހުންނަށް ރޭގަނޑުގެ ކެއުމަށް ނުވަތަ ހާރުކެއުމަށް ފުދޭނެ މިންވަރެކެވެ.

ބޭނުންވާ ތަކެތި:

ކުކުޅު ކެއްކުމަށް:

  • 500 ގްރާމް ބޯންލެސް ކުކުޅު
  • ½ ސައިސަމުސާ ލޮނު
  • ½ ސައިސަމުސާ މުގުރި އަސޭމިރުސް
  • 1 ސައިސަމުސާ ޕެޕްރިކާ
  • ½ ސައިސަމުސާ މުގުރި ދިރި
  • 1 މޭޒުމަތީ ސަމުސާ ތެޔޮ

ބަތް ކެއްކުމަށް:

  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • ½ މެދުމިނުގެ ފިޔާ (ގޮޅިކޮށް ކޮށާފައި)
  • 2 ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު
  • 1.5 ޖޯޑު ޕީޕަލްސް ޗޮއިސް އެރޮމެޓިކް ބާސްމަތީ ރައިސް ސިލްވަރ
  • ½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ބެލް ޕެޕަރ
  • 1 ޖޯޑު ޓޮމާޓޯ ޕިއުރީ އަދި 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 1/3 ސައިސަމުސާ ލޮނު، ½ ސައިސަމުސާ މުގުރި ދިރި، ¼ ސައިސަމުސާ އޮރިގާނޯ
  • ½ ސައިސަމުސާ ގަރލިކް ޕައުޑަރ، 2 ސައިސަމުސާ މުގުރި ރާޅު މިރުސް
  • 2/3 ކިއުބް ޗިކަން ސްޓޮކް
  • 1 ޖޯޑު މިކްސްޑް ތަރުކާރީ، 1/3 ޖޯޑު ސްވީޓް ކޯން، ½ ޖޯޑު ކިޑްނީ ބީންސް
  • 5 ތޮޅި މިރުސް (މެދުން ފަޅިކޮށްލާފައި) އަދި 4 ޖޯޑު ހޫނު ފެން

ތައްޔާރުކުރާނެ ގޮތް:

  1. ފުރަތަމަ ކުކުޅުތައް 1 އިންޗީގެ ކުދި އެތިކޮޅުތަކަށް ކޮށާލުމަށްފަހު، ލޮނު، އަސޭމިރުސް، ޕެޕްރިކާ އަދި ދިރި އަޅައިގެން ރަނގަޅަށް މެރިނޭޓް ކޮށްލާށެވެ.
  2. މަލްޓި-ކުކަރެއްގެ ’ސިއަރ‘ މޯޑް ބޭނުންކޮށްގެން ތެޔޮފޮދެއްގައި ކުކުޅުކޮޅު ރަން މުށިކުލަ އަރަންދެން (13-14 މިނެޓް) ކައްކާލުމަށްފަހު ވަކި ތަށްޓަކަށް ނަގާށެވެ.
  3. ހަނޑޫކޮޅު ދޮވެލުމަށްފަހު، ކުކަރަށް ތެޔޮ އަޅައި ފިޔާ އަދި ލޮނުމެދު މޯޅިވަންދެން ކައްކާލާށެވެ. އެއަށްފަހު ހަނޑުލާއި ބެލް ޕެޕަރ އަޅައި 5 މިނެޓް ހަނާކޮށްލާށެވެ.
  4. ދެން ޓޮމާޓޯ ޕިއުރީ، ޕޭސްޓް، ހުރިހާ މަސާލާއެއް އަދި ޗިކަން ސްޓޮކް އަޅައި އެއްކޮށްލަމުން މިނެޓެއްހާއިރު ކައްކާލާށެވެ. މީގެ ތެރެއަށް މިކްސްޑް ތަރުކާރީ، ކޯން، ބީންސް އަދި ތޮޅި މިރުސް އަޅައި އެއްކޮށްލާށެވެ.
  5. ކުކަރުގެ މޯޑް ’ރައިސް‘ އަށް ބަދަލުކޮށް، ކުރިން ކައްކާފައި ހުރި ކުކުޅުކޮޅު ހަނޑުލުގެ މަތީގައި އަތުރާލާށެވެ. ދެން 4 ޖޯޑު ހޫނުފެން އަޅައި، މަތިޖަހައިގެން ފެން ހިނދެންދެން (20-25 މިނެޓް) ކައްކާލާށެވެ.
  6. ބަތް ކެކުމުން މަޑުމަޑުން އެއްކޮށްލުމަށްފަހު، 5-10 މިނެޓް ވަންދެން ހިހޫކޮށްލަން ބެހެއްޓުމުން މެކްސިކަން ޗިކަން ރައިސް ތައްޔާރުވީއެވެ.

މިއީ ތަފާތު ރަހައަކަށް ލޯބިކުރާ ފަރާތްތަކަށް، މި ރޯދަމަހު ގޭގައި ތައްޔާރުކޮށްލަން ވަރަށް ފުރިހަމަ ކެއުމެކެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily