DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އީރާނުގެ ޙަމަލާތަކުގައި 5،000 އެއްހާ ޔަހޫދީން ޒަޚަމްވެއްޖެ

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
މާރޗް 25, 2026
0
އީރާނުގެ ޙަމަލާތަކުގައި 5،000 އެއްހާ ޔަހޫދީން ޒަޚަމްވެއްޖެ
0
SHARES
565
VIEWS
Share on FacebookShare on Twitter

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ ދިފާޢުގައި އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގައި، ޔަހޫދީ ދައުލަތުގެ 5,000 އެއްހާ މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެއެވެ.

މަޤުބޫލު ސަބަބެއް ނެތި އެމެރިކާއިން އީރާނަށް ޙަމަލާދޭން ފެށުމާއެކު، އީރާނުން ދަނީ އެ ޤައުމުގެ އަމިއްލަ ދިފާޢުގައި ޔަހޫދީންނާއި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ވަރުގަދަ ޙަމަލާތަކެއް އަމާޒުކުރަމުންނެވެ. މިގޮތުން މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާދެމުންނެވެ. މިއީ ހަނގުރާމައިގެ ކުރިންވެސް، އީރާނަށް ޙަމަލާދީފިނަމަ އެމެރިކާއާއި ޔަހޫދީންގެ މަސްލަހަތުތަކަށް ޙަމަލާދޭނެ ކަމަށް އެ ޤައުމުން ދީފައިވާ އިންޒާރުގެ ތަންފީޒެކެވެ.

ހަނގުރާމައަށް 24 ދުވަސްވެފައިވާއިރު، ޔަހޫދީ ދައުލަތަށް އަމާޒުކުރި ޙަމަލާތަކުގައި މިހާތަނަށް 18 މީހުން މަރުވެ، 4,829 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އީރާނުގެ ޙަމަލާތަކުގެ ވަރުގަދަކަމުން ޔަހޫދީންނަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، ރައްކާތެރިކަން ހޯދުމަށް ބިންގަރާސްތަކަށް ވަނުމަށް ޔަހޫދީ ސަރުކާރުން ދަނީ އަންގަމުންނެވެ. ޚާއްޞަކޮށް ޔަހޫދީންގެ މައި ނިއުކުލިއަރ މަރުކަޒު ހުންނަ ސިޓީއަށް ދިން މިސައިލް ޙަމަލާތަކުގައި އެކަނިވެސް 180 މީހުން ޒަޚަމްވިއެވެ. މީގެ އިތުރުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި ތިބި އެމެރިކާގެ 13 ސިފައިން މަރުވެ، 200 އަށްވުރެ ގިނަ ސިފައިން ވަނީ ޒަޚަމްވެފައެވެ.

އީރާނުގެ ޙަމަލާތައް ވަނީ ބަޙްރައިން، ޢިރާޤު، ޢުރުދުން، ކުވައިތު، ޢުމާން، ޤަޠަރު، ސަޢުދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި އިމާރާތުގައި ހުރި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް އަމާޒުވެފައެވެ. މިގޮތުން ބަޙްރައިންގެ ޖުއްފައިރުގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ އިދާރާއަށް ދިން ޙަމަލާގައި 2 މީހުން މަރުވިއެވެ. ޢިރާޤުގައި 61 މީހުން މަރުވެފައިވާއިރު، ކުވައިތުން 6 މީހުން، ޢުމާނުން 3 މީހުން، ސަޢުދީން 2 މީހުން އަދި ޔޫއޭއީން 8 މީހުން ވަނީ މަރުވެފައެވެ. އަދި ސައިޕްރަސްގައި ހުރި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަކަށްވެސް އީރާނުން ވަނީ ޑްރޯން ޙަމަލާއެއް ދީފައެވެ.

މި ހަނގުރާމައިގެ ތެރެއަށް ލުބުނާނުންވެސް ވަދެފައިވާއިރު، ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 1,039 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 118 ކުޑަކުދިން ހިމެނޭއިރު، ލުބުނާނުގެ މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

އެމެރިކާއާއި ޔަހޫދީން އީރާނަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި މިހާތަނަށް އީރާނުގެ 1,500 އެއްހާ މީހުން ޝަހީދުވެ، 18,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 200 އަށްވުރެ ގިނަ އަންހެނުންނާއި، މަދަރުސާއަކަށް ދިން ޙަމަލާއެއްގައި ޝަހީދުވި 168 ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި 11 މީހުން ޝަހީދުވެފައިވާކަން ފާހަގަކުރެވެއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily