DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ރޯދަ ބަދިގެ: ސްޓްރޯބެރީ ޗީޒްކޭކު

ޝަޒްނާ ޢަލީ by ޝަޒްނާ ޢަލީ
މާރޗް 25, 2026
0
ރޯދަ ބަދިގެ: ސްޓްރޯބެރީ ޗީޒްކޭކު
0
SHARES
114
VIEWS
Share on FacebookShare on Twitter

މިއީ ރޯދަމަހުގެ ސުފުރާމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ، ކުދިބޮޑު އެންމެންނަށްވެސް ކަމުދާނެ މީރު ފޮނިކާއެއްޗެކެވެ.

މިފަހަރުގެ ’ރޯދަ ބަދިގެ‘ އިން މި ގެނެސްދެނީ ވަރަށް މީރު ބިސްކޯދު ބޭސްއަކާއި، ހުތްފޮނި ރަހަލާ ސްޓްރޯބެރީ ސޯސްއަކާއެކު ތައްޔާރުކުރާ ސްޓްރޯބެރީ ޗީޒްކޭކުގެ ރެސިޕީއެވެ. މި ރެސިޕީއިން 5 ނުވަތަ 7 ފޮތި ޗީޒްކޭކު ތައްޔާރުކުރެވޭނެއެވެ.

ބޭނުންވާ ތަކެތި:

ބިސްކޯދު ބޭސް ހެދުމަށް:

  • 2 ޕެކެޓް ބްރައިޓްސް ބަޓަރ ކްރީމް ސޭންޑްވިޗް ބިސްކަޓްސް (24 ބިސްކޯދު)

ޗީޒްކޭކު ފިލިންގްއަށް:

  • 300 ގްރާމް ފިނިކަނޑުވާފައި ހުރި ކްރީމް ޗީޒް
  • ½ ޖޯޑު ހަކުރު
  • 1.5 މޭޒުމަތީ ސަމުސާ ގްރީކް ޔޯގަޓް
  • 2 ސައިސަމުސާ ލުނބޯ ހުތް
  • 1 ބިސް
  • 1 ސައިސަމުސާ ވެނީލާ އެސެންސް

ސްޓްރޯބެރީ ސޯސްއަށް:

  • 1 ޖޯޑު ކޮށާފައި ހުރި ސްޓްރޯބެރީ
  • 2.5 މޭޒުމަތީ ސަމުސާ ހަކުރު
  • 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސްކޯދު ޕެކެޓްތަކުން ބިސްކޯދާއި ކްރީމް ވަކިކޮށްލުމަށްފަހު، ބިސްކޯދުތައް މިކްސަރުން ހިމުންކޮށް މުގުރާލާށެވެ. ދެން މުގުރި ބިސްކޯދާއި ކުރިން ވަކިކުރި ކްރީމްގެ ދެބައިކުޅަ އެއްބައި އެއްކޮށްލައި، 6 ނުވަތަ 7 އިންޗީގެ ބޭކިންގް ތަބަކެއްގެ ފުލުގައާއި އަރިމަތީގައި އަތުރާލާށެވެ. މިއަށްފަހު 170 ޑިގްރީގައި 15 މިނެޓްވަންދެން ބިސްކޯދު ފަށަލަ ފިހެލާށެވެ.

ދެން ޗީޒްކޭކުގެ ފިލިންގް ތައްޔާރުކުރުމަށްޓަކައި، ކްރީމް ޗީޒްއާއި ހަކުރު އެއްކޮށް ގިރާލުމަށްފަހު، އޭގެ ތެރެއަށް ޔޯގަޓް، ލުނބޯހުތް، ބިސް އަދި ވެނީލާ އެސެންސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. މި މިކްސްޗަރު ކުރިން ފިހުނު ބިސްކޯދު ބޭސްގެ މައްޗަށް އަޅާލާށެވެ.

ކޭކު ފިހުމަށްޓަކައި، ޗީޒްކޭކު ތަބަކުގެ ބޭރުގައި އެލުމިނިއަމް ފޮއިލް އޮޅާލުމަށްފަހު، ބޮޑު ތަބަކެއްގެ ތެރޭގައި ބައިންދާށެވެ. އަދި ބޮޑު ތަބަކަށް 1 އިންޗި ހުންނަވަރަށް ހޫނު ފެން އަޅައިގެން ”ވޯޓަރ ބާތު“ އެއްގައި ކޭކު ފިހެލާށެވެ. ފުރަތަމަ 220 ޑިގްރީގައި 15 މިނެޓް، އެއަށްފަހު 110 ޑިގްރީގައި 1 ގަޑިއިރާއި 5 މިނެޓް ފިހެލާށެވެ. ފިހެ ނިމުމުން ހިހޫކޮށްފައި 8 ގަޑިއިރު ވަންދެން އައިސްއަލަމާރީގައި ފިނިކުރަން ބަހައްޓާށެވެ.

އެންމެ ފަހު ފިޔަވަޅަކީ ސްޓްރޯބެރީ ސޯސް ތައްޔާރުކުރުމެވެ. ކޮށާފައި ހުރި ސްޓްރޯބެރީގެ ދެބައިކުޅަ އެއްބަޔާއި ހަކުރު އަދި ލުނބޯހުތް މަޑު ގިނީގައި ކައްކާލާށެވެ. ސޯސްގަނޑު އޮމާންވުމުން ބާކީ ހުރި ސްޓްރޯބެރީކޮޅު އެއްކޮށްލާށެވެ. ކޭކު ފިނިވުމުން މި ސޯސް އޭގެ މައްޗަށް އަޅާލުމުން، ރަހަމީރު ސްޓްރޯބެރީ ޗީޒްކޭކު ތައްޔާރުވީއެވެ. އާއިލާގެ އެންމެންނާއެކު މި ހާއްސަ ފޮނިކާއެއްޗަށް އިންސާފުކޮށްލައްވާށެވެ!

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily