DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ބޫޓާން މެޗަށް ރާއްޖޭގެ ޓީމުން ބަދަލުތަކެއް ފެންނާނެ: ކޯޗު އުރުބާނީ

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
މާރޗް 25, 2026
0
ބޫޓާން މެޗަށް ރާއްޖޭގެ ޓީމުން ބަދަލުތަކެއް ފެންނާނެ: ކޯޗު އުރުބާނީ
0
SHARES
151
VIEWS
Share on FacebookShare on Twitter

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި، ސްރީލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ކުރިއަށް އޮތް ބޫޓާން މެޗަށް ތައްޔާރުވާއިރު ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާާން އުރުބާނީ ބުނެފިއެވެ.

މިރޭ ބޫޓާނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ކޯޗު އުރުބާނީ ބުނީ ޓީމަށް ބަދަލުތަކެއް ގެނައުމަކީ ނަތީޖާ ނެރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އައު ކުޅުންތެރިންނަށް ފުރުސަތު ދިނުމާއި، ހާލަތަށް ބަލައި ކުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އުރުބާނީ ބުނި ގޮތުގައި، ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ދެނެގަތުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކީ އެ ގޯސްތަކުން ކިހާ އަވަހަކަށް ފިލާވަޅު ލިބިގަނެ، ކުރިއަށް އޮތް ދެ މެޗުގައި އެކަންކަން އިސްލާހު ކުރުން ކަމަށް އޭނާ ބުންޏެވެ.

ޓީމުގެ ކުޅުމަށް ގެންނަން ގަސްތުކުރާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އުރުބާނީ ބުނީ، ”ދެން އޮތް މެޗަށް ފަހަތުން ކުޅޭ ކުޅުން ރަނގަޅުކުރަން އަހަރެން އިސްކަންދޭނަން. މީގެ 10 ނުވަތަ 15 އަހަރު ކުރިން އަހަރެން ރާއްޖޭގައި އަމަލުކުރި ގޮތަށް ޑިފެންޑަރުންގެ ބަދަލުގައި މިޑްފީލްޑަރުން ފަހަތަށް ލައިގެން ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެއް،“ ކަމަށެވެ.

ކޯޗުގެ އުންމީދަކީ ކުޅުންތެރިންނަށް މި ބަދަލުތައް އަވަހަށް ދަސްވުމެވެ. ޓީމަށް ބަދަލުތަކެއް ގެނައި ނަމަވެސް، ފުރަތަމަ މެޗުގައި ކުޅުނު ކުޅުންތެރިން މުޅިން ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ. ކޯޗު ގަބޫލުކުރާ ގޮތުގައި ހުރިހާ ކުޅުންތެރިންނަށް ވެސް ކުޅުމުގެ ފުރުސަތު ދިނުމަކީ މުހިންމު ކަމެކެވެ. އެކަށީގެންވާ ފުރުސަތު ނުލިބޭނަމަ، ބޯޅަ ހިފައިގެން ކުޅުމުގެ އިތުބާރު ކުޅުންތެރިންގެ ކިބައިގައި ނުހުންނާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ބޫޓާނާ ބެހޭގޮތުން ވާހަކަދައްކަމުން އުރުބާނީ ބުނީ، ބޫޓާނަކީ ރީތި ފުޓުބޯޅައެއް ކުޅޭ ވަރުގަދަ ޓީމެއް ކަމަށެވެ. އެހެންނަމަވެސް، އެ ޓީމާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ފެންވަރާއި ހުނަރު ދިވެހި ޓީމުގައި އެބަހުރި ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއަށް ބާކީ ދެން އޮތީ މިރޭ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗާއި، އަންނަ ހުކުރު ދުވަހުގެ ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗެވެ. އުރުބާނީ އުންމީދު ކުރަނީ ނޭޕާލް މެޗާ ހަމައަށް ދާއިރު، މޮޅެއް ހޯދައިގެން މުބާރާތުގެ ކުރިއަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް އޮންނާނެ ކަމަށެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily