DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ބީއެމްއެލްގެ ހިއްސާއަށް ގެންނަ ބަދަލާއެކު މާކެޓަށް އާ ދިރުމެއް ލިބޭނެ: ސީއެމްޑީއޭ

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
މާރޗް 25, 2026
0
ބީއެމްއެލްގެ ހިއްސާއަށް ގެންނަ ބަދަލާއެކު މާކެޓަށް އާ ދިރުމެއް ލިބޭނެ: ސީއެމްޑީއޭ
0
SHARES
103
VIEWS
Share on FacebookShare on Twitter

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ކުންފުނީގެ ހިއްސާގެ އޮނިގަނޑަށް ގެންނަން ނިންމާފައިވާ ބަދަލުތަކާއެކު، ރާއްޖޭގެ ހިއްސާގެ ބާޒާރަށް ބޮޑު ކުރިއެރުމަކާއި ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްއޭ) ގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަނިކު ވިދާޅުވީ، ބީއެމްއެލްގެ ހިއްސާ 1:10 ރޭޝިއޯ އިން ބައިކުރުމުން ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ އަދަދު އިތުރުވެ، ހިއްސާއެއްގެ އަގު ބާޒާރުގައި ހެޔޮވާނެ ކަމަށެވެ. މީގެ ސަބަބުން ހިއްސާ ގަނެވިއްކުމުގެ މުއާމަލާތްތައް އިތުރުވެ، ހިއްސާގެ ބާޒާރަށް ފަހި ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

”މިހާރު ހިއްސާގެ އަގުތައް ހުރީ ވަރަށް މަތީގައި ހިފެހެއްޓިފައި. އެހެންނަމަވެސް، ހިއްސާގެ އަގު ކުޑަވުމުން ބޭންކުގެ ’ގްރޯތު ޕޮޓެންޝަލް‘ ނުވަތަ ކުރިއެރުމުގެ ފުރުސަތު ބޮޑުވެގެންދާނެ،“ މަނިކު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފައިވާ އެހެން ކުންފުނިތަކުން ވެސް ބީއެމްއެލް ފަދައިން ހިއްސާއަށް ބަދަލު ގެނައުމަކީ ސީއެމްޑީއޭގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އޭގެ ފައިދާ އާންމު ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

މި ޕްރޮގްރާމްގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އައުޝަން ވިދާޅުވީ ބީއެމްއެލްގެ ހިއްސާގެ މޫނުމަތީ އަގު ކުޑަވުމުން، ހިއްސާ އަކީ އާންމުންގެ އަތްފޯރާ ފަށުގައި ހުންނަ އެއްޗަކަށް ވެގެންދާނެ ކަމަށެވެ. މީގެ ކުރިން ހިއްސާގެ ބާޒާރުގައި ގަންނަން ބޭނުންވާ މީހުން ގިނަވެފައި ވިއްކާނެ މީހުން މަދު ނަމަވެސް، މި ބަދަލާއެކު ހިއްސާ ވިއްކާ ފަރާތްތައް އިތުރުވެ މާކެޓް ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައުޝަން މިސާލެއްގެ ގޮތުން ވިދާޅުވީ، ކުރިން 100 ހިއްސާ އޮންނަ މީހަކު އޭނާއަށް ލިބޭ ޑިވިޑެންޑް ރަނގަޅުވުމުން ހިއްސާ ވިއްކާލަން ބޭނުންނުވެދާނެ ކަމަށެވެ. ނަމަވެސް މި ބަދަލާއެކު އެމީހެއްގެ އަތުގައި 3،000 ހިއްސާ ހުންނާނެތީ، އޭގެ ތެރެއިން ބައެއް ވިއްކާލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލް އިން ހިއްސާއަށް ގެންނަ މައިގަނޑު ބަދަލުތައް:

  1. ބޯނަސް ހިއްސާ ދޫކުރުން: 18 މާރިޗު 2026 އާ ހަމައަށް ހިއްސާ އޮންނަ ފަރާތްތަކަށް، ކޮންމެ 1 ހިއްސާއަކަށް އިތުރު 2 ބޯނަސް ހިއްސާ އެއްވެސް އަގަކާ ނުލައި ދިނުމަށް ބޯޑުން ވަނީ ހުށަހަޅާފައެވެ. މިއާއެކު 100 ހިއްސާ އޮތް ފަރާތަކަށް ޖުމްލަ 300 ހިއްސާ ލިބޭނެއެވެ.
  2. ހިއްސާ ބައިކުރުން : 1:10 ރޭޝިއޯ އިން ހިއްސާ ބައިކުރުމުން، ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެއެވެ.

މި ބަދަލުގެ ސަބަބުން މިހާރު 100 ހިއްސާ އޮންނަ މީހެއްގެ ޖުމްލަ ހިއްސާގެ އަދަދު 3،000 އަށް ބަދަލުވާނެއެވެ. އަދި ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވި ނަމަވެސް، ހިއްސާދާރުގެ އަތުގައި ހުރި ހިއްސާގެ ޖުމްލަ އަގަށް ބަދަލެއް ނާންނާނެއެވެ.

ބީއެމްއެލް އިން މި ބަދަލުތައް ގެންނަނީ އިންވެސްޓަރުންނަށް ކުޑަ އަގެއްގައި ހިއްސާ ހޯދުމުގެ މަގުފަހިކޮށްދީ، ހިއްސާގެ ބާޒާރުގައި އާންމުންގެ ބައިވެރިވުން އިތުރުކޮށް، މާކެޓް ލިކުއިޑިޓީ ވަރުގަދަކުރުމުގެ މަގުސަދުގައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily