DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

މުހައްމަދު އާސިފް by މުހައްމަދު އާސިފް
ސެޕްޓެމްބަރ 24, 2026
0
ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް
0
SHARES
4
VIEWS
Share on FacebookShare on Twitter

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފައްޓަވަމުން ވަނީ ޗައިނާގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ޝީ ޖިންގްޕިން އަދި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅު ބިނާކުރެއްވީ ދެ ޤައުމުގެ ގާތްގުޅުމަށާއި، ގުޅުމުގެ ފައިދާތަކުގެ މައްޗަށެވެ. ރައީސް ވަނީ ޗައިނާގެ އުމްރާނީ ތަރައްޤީއާއި، ކުރިއެރުމަކީ ދުނިޔެއިން ބަލައިގަނެފައިވާ ކުރިއެރުންތަކެއް ކަމަށް ވިދާޅުވެފައެވެ.

ޗައިނާއާއި ރާއްޖެއަކީ ސަރަޙައްދީ ގޮތުން ދުރުގައި އޮތް ދެ ޤައުމު ނަމަވެސް، ދެ ޤައުމުގެ އެކުވެރިކަމަކީ ދޭދޭ ޤައުމުގެ މެދުގައި އޮތް ގުޅުން އެންމެ ބޮޑަށް ދައްކުވައިދޭ ސިފަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއިން ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމުގައި ދެކޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ގުޅުން ބިނާވެފައިވަނީ އިޙުތިރާމާއި އިސްތިޤުލާލާއި ސުލްހަމަސަލަސްކަމުގެ މައްޗަށާއި ވަން ޗައިނާ ސިޔާސަތުގައި ރާއްޖެ ދެމިއޮތުމުގެ ޔަޤީންކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ޗައިނާއަށް މިދިޔަ އަހަރު ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަން ފާހަގަކުރައްވާ މިއީ ހަމައެކަނި ލިޔެކިއުމުގެ އޮތް ބަދަލެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މި ގުޅުން ދިވެހި ރައްޔިތުންގެ ދިރިއުޅުމުން ސީދާ ފެނިގެންދާ ކަމަށެވެ. އަދި ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން އިތުރު ފުރުޞަތުތައްވެސް ފަހިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ޗައިނާއާއި ރާއްޖެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާންތަކެއް ނޫން. އެއީ ލޮލަށް ފެންނަން އޮތް ރައްޔިތުންނަށް ތަޖުރިބާ ކުރެވޭ ގުޅުމެއް. ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އޭގެ އަސަރުކުރާ ގުޅުމެއް. އަޅުގަނޑުމެން ޤައުމީ ތަރައްޤީގައި، ސަރަހައްދީ ތަރައްޤީގެ މަސައްކަތުގައި، ރަށްރަށުގެ ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީގެ ތެރެއިން ތަޢުލީމާއި މުވައްސަސާތަކުގެ ފަންނީ ތަމްރީނާއި އެހީތެރިކަމުގެ ތެރެއިން މި ގުޅުން ފެނިގެންދޭ. އަދި އަޅުގަނޑުމެން ގުޅުމުގެ ވަރުގަދަކަން ހާމަވަނީ އަޅުގަނޑުމެން ސޮއިކުރާ އެއްބަސްވުމަކުންނެއް ނޫން. އެ އެއްބަސްވުންތަކުން ހާސިލްކުރެވޭ ކަންކަމުން.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން، ސިނަމާލެ ބްރިޖުން ދައްކުވައިދޭއިރު، ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ރާއްޖެއިން ކުރާ މިދަތުރުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މިވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު އިޤްތިޞާދަށާއި ބާޒާރުގެ އަގުތަކުން ފެނިގެންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ބައިނަލްއަޤްވާމީ ގުޅުންތައް ދިވެހިރާއްޖެއަށް އިންތިހާއަށް މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަކުރައްވާފައެވެ. އެހެން ކަމުން ޗައިނާ އަދި ދިވެހިރާއްޖެ ދެމެދު މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވެދޭނެ ފަދަ ދެމެހެއްޓެނި ގުޅުމެއް އުފެދުމަށް އެދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޗައިނާގެ ރައީސް އަދި ޗައިނާގެ ސަރުކާރުން ދެއްވަމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ޗައިނާއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެމަނިކުފާނު ވަނީ އެދިލައްވާފައެވެ.

Tags: ރައީސް ޑރ. މުހައްމަދު މުއިއްޒު

Related Posts

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

ސެޕްޓެމްބަރ 26, 2026
ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ސެޕްޓެމްބަރ 17, 2026
ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ސެޕްޓެމްބަރ 16, 2026
ދިވެހިން ހާސިލުކުރި ކޮންމެ ނަސްރެއްގެ އަސްލަކީ އިސްލާމްދީން: ރައީސް

ދިވެހިން ހާސިލުކުރި ކޮންމެ ނަސްރެއްގެ އަސްލަކީ އިސްލާމްދީން: ރައީސް

ސެޕްޓެމްބަރ 12, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily