DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އެމްޑީޕީ ކޮންގްރެސްއިން ”ބޮޑު ބަދަލު“ ސިޔާސަތު ފާސްކޮށްފި

ޙަސަން ސަޢީދު by ޙަސަން ސަޢީދު
އޮކްޓޯބަރ 3, 2026
0
އެމްޑީޕީ ކޮންގްރެސްއިން ”ބޮޑު ބަދަލު“ ސިޔާސަތު ފާސްކޮށްފި
0
SHARES
36
VIEWS
Share on FacebookShare on Twitter

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ގުޅިގެން އެކުލަވާލެއްވި ”ބޮޑު ބަދަލު“ ސިޔާސަތުތަކަށް އެ ޕާޓީގެ ކޮންގްރެސްއިން މިއަދު ފުރިހަމަ ރުހުން ދީ، އެ ކަރުދާސް ފާސްކޮށްފިއެވެ.

މި ކަރުދާސް އެމްޑީޕީގެ ކޮންގްރެސްއިން ފާސްކޮށްފައިވަނީ، ޖަލްސާގައި ބައިވެރިވި 520 މަންދޫބުންގެ އިއްތިފާގު ވޯޓުންނެވެ.

މި އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހު އިއުލާންކުރި މި މެނިފެސްޓޯގެ މައިގަނޑު ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކަންކަން އިސްލާހުކޮށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ސަރުކާރު ފުރިހަމައަށް ޖަވާބުދާރީ ކުރުވުމެވެ.

ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި މި ކަރުދާހުގައި ހިމެނޭ މުހިންމު އިސްލާހީ ބަދަލުތަކުގެ ތެރޭގައި:

  • ޤާނޫނުއަސާސީ އިސްލާހު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ހިމެނޭ ޚާއްސަ މަޖިލީހަކުން ކަމަށް ކަނޑައެޅުން.
  • އިންތިޚާބު ކުރާ ކޮންމެ މަގާމެއްގައި ހުންނަ މީހަކު ވެސް މަގާމުން ވަކިކުރުމުގެ ބާރު، އެ މީހަކު އިންތިޚާބު ކުރި ރައްޔިތުންނަށް ދިނުން (ރީކޯލް ވޯޓު ތައާރަފުކުރުން).
  • ދާއިމީ އެޑްރެހުގެ ބަދަލުގައި އެ މީހަކު ދިރިއުޅޭ ރަށެއް ނުވަތަ ސަރަހައްދެއްގެ ކައުންސިލަށް ވޯޓު ދެވޭ ގޮތަށް ހަމަޖެއްސުން.
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާނޭހެން ވަކި އަދަދަކަށް ލިމިޓް ކުރުން.
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ އާންމު ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ހެދުން.
  • ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން މުޅިން އަލުން ބަދަލުކުރުން.
  • ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ ސަރުކާރުގެ އިސްވެރިއެއްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން އިންތިޚާބުކުރާ ދައުލަތުގެ އިސްވެރިއަކު ހުންނަ ގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުން.

މި ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެމްޑީޕީން މީގެކުރިން ވަނީ ”ބޮޑު ބަދަލު“ ގެ ނަމުގައި ޚާއްސަ އޮފީހެއް ވެސް ގާއިމުކޮށްފައެވެ. އަދި އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޙަސަން ލަޠީފު ވަނީ ހަމަޖައްސަވާފައެވެ.

މި ކަރުދާސް ކޮންގްރެސްއިން ފާސްވުމާއެކު، ކުރިއަށް އޮތް ތަނުގައި މި އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި ގާނޫނީ އަދި ސިޔާސީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އެމްޑީޕީން ފަށާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily