ރައްޔިތުންގެ މަޖިލީހުގެ 3 ކޮމެޓީއެއްގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުންނަށް ބަދަލު ގެނެސްފިއެވެ.
އެގޮތުން ބަދަލު ގެނައީ އިގްތިސޯދީ ކޮމެޓީ އާއި މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އާއި ހިއުމަން ރައިޓްސް ކޮމެޓީއަށެވެ.
އިގްތިސާދީ ކޮމެޓީއަށް ގެނައި ބަދަލުތަކަށް ބަލާއިރު އެމްޑީޕީގެ ފަރާތުން ހިމެނިވަޑައިގަން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ބަދަލުގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ ހަމަޖައްސައިފައެވެ.
އަދި ފީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރުގެ ބަދަލުގައި ކޮމިޓީއަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހަމަޖެއްސިއިރު ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުގެ ބަދަލުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވަނީ ހަމަޖައްސައިފައެވެ.
މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލްގެ ބަދަލުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ވަނީ ހަމަޖައްސާފައެވެ.
އަދި ފޭލިދޫ ދާއިރެ މެންބަރު އާދަމް ޒާހިރުގެ ބަދަލުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހަމަޖައްސާފައިވާ އިރު ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ ބަދަލުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ހަމަޖައްސާފައެވެ.
އޭގެ އިތުރުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ބަދަލުގައި ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން ވަނީ ހަމަޖައްސާފައެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގެނައި ބަދަލުތައް މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވި ނަމަވެސް އެ ކޮމިޓީއަށް ބަދަލުތައް ގެނައި ވަކި ސަބަބެއް މަޖިލީހުގެ ރިސާތަކުން ހާމަކޮށްފައެއްނުވެއެވެ.





