DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ބީއެމްއެލްގައި ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު

މުހައްމަދު އާސިފް by މުހައްމަދު އާސިފް
ޖޫން 30, 2026
0
ބީއެމްއެލްގައި ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު
0
SHARES
66
VIEWS
Share on FacebookShare on Twitter

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު އިންވެސްޓްކޮށްގެން، 25 އިންސައްތައާ ހަމައަށް ދިވެހި ރުފިޔާއިން ފައިދާ ހޯދޭނެ އައު ފުރުސަތެއް އެ ބޭންކުން މިއަދު އިޢުލާނުކޮށްފިއެވެ.

ބީއެމްއެލްއިން ބޭއްވި ’ޗެޓް ވިތު ސީއީއޯ‘ ސެޝަންގައި ނޫސްވެރިންނާ މަޢުލޫމާތު ހިއްސާކުރައްވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މި އިންވެސްޓްމަންޓްގެ މުޢާމަލާތްތައް ބޭންކުގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޮންލައިންކޮށް ވަރަށް ފަސޭހައިން ފުރިހަމަކުރެވޭނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ތަފާތު މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމަންޓް ޕޫލްތައް ހުޅުވާލެވޭނެ ކަމަށާއި، ކަސްޓަމަރުންނަށް އެ ވަގުތަކު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ފެންނަން ހުންނާނެ ކަމަށް ބޭންކުން ބުނެއެވެ.

މި ޚިދުމަތުގެ ދަށުން ޑޮލަރު އިންވެސްޓް ކުރުމާއެކު، އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ ވަގުތުން ކަސްޓަމަރުގެ އެކައުންޓަށް ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓުން ލިބޭ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ ކަމަށްވެސް ބޭންކުން މަޢުލޫމާތުދެއެވެ.

ސީއީއޯ މުޙައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރުގެ މުޢާމަލާތްތަކަށް ބޭންކުން ވިއްކާ ޑޮލަރުގެ އަދަދު ވަނީ 3.7 ގުނަ އިތުރުވެފައެވެ. މިހާރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 39.3 މިލިއަން ޑޮލަރު ވިއްކަމުންދާއިރު، ކޮންމެ މަހަކު ގާތްގަނޑަކަށް ތިންލައްކައެއްހާ މީހުން ރުފިޔާ ކާޑު ބޭނުންކޮށްގެން ބޭރުގެ މުޢާމަލާތްތައް ކުރެއެވެ. މިކަމުގެ މުހިންމު ސަބަބަކީ ދިވެހިން އޮންލައިންކޮށް މުދާ ގަތުމަށް ލޯބިކުރުމާއި، ޑިޖިޓަލް އިޖާދުތައް ބަލައިގަންނަ މިންވަރު އިތުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

”ވޭތުވެދިޔަ 36 މަސްދުވަހު ބޭންކުން 1.6 ބިލިއަން ޑޮލަރު ޢާންމުންގެ ބޭނުންތަކަށް ވިއްކާފައިވޭ. މީގެ ތެރެއިން 60 އިންސައްތައަކީ ކާޑު މުޢާމަލާތްތައް. މި މިންވަރަށް ދެމެހެއްޓެނިވި ގޮތެއްގައި ޑޮލަރު ވިއްކުމަކީ ބޭންކަށް އޮތް ގޮންޖެހުމެއް،“ ޝަރީފް ވިދާޅުވިއެވެ.

މި އައު އިންވެސްޓްމަންޓް ފުރުސަތުގެ ބޭނުމަކީ ބޭންކަށް ޑޮލަރު ހޯދައި، އެ ޑޮލަރު ބޭނުންކޮށްގެން ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށާއި، ކާޑު ޕޭމަންޓްތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ. މިއީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށާއި، ބޭންކުގެ ކާޑު ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށްވެސް މަންފާކުރާނެ ދެމެހެއްޓެނިވި ނިޒާމެއް ކަމަށް ޝަރީފް ސިފަކުރެއްވިއެވެ.

ބީއެމްއެލްއަށް ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ޑޮލަރު ވިއްކަންޖެހުމުގެ ސަބަބުން މިހާރު ކާޑުތަކަށް ލިމިޓުތަކެއް ކަނޑައަޅާފައިވީ ނަމަވެސް، މި މަސް ނިމުމުގެ ކުރިން އެ ލިމިޓުތަކަށް ލުއި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

Tags: ބީއެމްއެލް

Related Posts

އާދީއްތަ ދުވަހުން ފެށިގެން ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓް ދެ ގުނަ ބޮޑުވަނީ

މި އަހަރު ކާޑުތަކަށް އިތުރަށް 30 މިލިއަން ޑޮލަރު ވިއްކޭނެ: ބީއެމްއެލް

ސެޕްޓެމްބަރ 15, 2026
އަލަށް ހުޅުވާ އެކައުންޓާއި ލޯނުތައް އިސްލާމިކް އުސޫލުން

އަލަށް ހުޅުވާ އެކައުންޓާއި ލޯނުތައް އިސްލާމިކް އުސޫލުން

ސެޕްޓެމްބަރ 14, 2026
ބީއެމްއެލުން ސްނޯކްލިންގެ ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި

ބީއެމްއެލުން ސްނޯކްލިންގެ ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި

ސެޕްޓެމްބަރ 7, 2026
ސްރީ ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ފަށައިފި

ބީއެމްއެލްގެ އެގްޒެކްޓިވް ލީޑަޝިޕަށް ބޮޑު ބަދަލުތަކެއް ގެނެސްފި

އޯގަސްޓް 4, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily