DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އަލަށް ހުޅުވާ އެކައުންޓާއި ލޯނުތައް އިސްލާމިކް އުސޫލުން

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 14, 2026
0
އަލަށް ހުޅުވާ އެކައުންޓާއި ލޯނުތައް އިސްލާމިކް އުސޫލުން
0
SHARES
75
VIEWS
Share on FacebookShare on Twitter

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ބޭންކަށް ހުށަހަޅާ ޕާސަނަލް ލޯނުތައް މިއަދުން ފެށިގެން އިސްލާމިކް ބޭންކިން އުސޫލުން ފޯރުކޮށްދިނުމަށް ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތަށް އެކުލަވާލާފައިވާ ”އިސްލާމިކް ފައިނޭންސް ފަސްޓް“ ޕޮލިސީގެ ދަށުން މި ބަދަލު ގެނެއިރު، އާންމު ފަރުދުން މިހާރު ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ވެސް ޝަރުއީ ހަމަތަކާ އެއްގޮތް ހިދުމަތްތަކަށް ފަސޭހަކަމާއެކު ބަދަލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ޕާސަނަލް ފައިނޭންސް ހިދުމަތްތައް އިސްލާމިކް އުސޫލުން ފޯރުކޮށްދިނުމަށް ނިންމި ނަމަވެސް، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ކޮންވެންޝަނަލް ބޭންކިން ހިދުމަތް ވެސް ލިބޭނެ ގޮތް ބޭންކުން ވަނީ ފަހިކޮށްދީފައެވެ.

މި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލުން ވަނީ އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިން ބްރާންޗްތަކަކަށް ބަދަލުކޮށްފައެވެ. އަދި އެ ބްރާންޗްތަކުން މިހާރު ހިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިންއަށް އިސްކަންދީގެންނެވެ. ބީއެމްއެލުން ބުނި ގޮތުގައި، އެ ބޭންކުގެ އިސްލާމިކް ބޭންކިން ފަންޑު ހުންނަނީ ކޮންވެންޝަނަލް ފަންޑުތަކާ މުޅީން ވަކިކޮށް، ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ.

މި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އިސްލާމިކް ބޭންކިން ތައާރަފުކުރި ފަހުން ވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި އެ ހިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

”މިއަދު މި ފެށުނު މަސައްކަތަކީ ރާއްޖޭގެ ބޭންކިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. ބޭންކުގެ މަގުސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ހިދުމަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތަކަށް ބަދަލު ގެނައުން،“ ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިން ހިދުމަތްދެމުން އަންނަނީ ބީއެމްއެލުންނެވެ. އޭގެ ތެރޭގައި ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި، ފައިނޭންސިން ހިދުމަތްތަކުގެ އިތުރުން ކާޑުގެ ހިދުމަތް ހިމެނެއެވެ. އަދި ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑު ވެސް ދޫކުރަމުން އަންނަނީ އެ ބޭންކުންނެވެ.

އާންމު ފަރުދުންގެ ބޭންކިން ހިދުމަތްތައް އިސްލާމިކް ބޭންކިން ހިދުމަތްތަކަކަށް ބަދަލުކުރުމަކީ ރާއްޖޭގައި އިސްލާމިކް ބޭންކިން ފުޅާކުރުމަށް ބީއެމްއެލްއިން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

Tags: ބީއެމްއެލް

Related Posts

އާދީއްތަ ދުވަހުން ފެށިގެން ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓް ދެ ގުނަ ބޮޑުވަނީ

މި އަހަރު ކާޑުތަކަށް އިތުރަށް 30 މިލިއަން ޑޮލަރު ވިއްކޭނެ: ބީއެމްއެލް

ސެޕްޓެމްބަރ 15, 2026
ބީއެމްއެލުން ސްނޯކްލިންގެ ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި

ބީއެމްއެލުން ސްނޯކްލިންގެ ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި

ސެޕްޓެމްބަރ 7, 2026
ސްރީ ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ފަށައިފި

ބީއެމްއެލްގެ އެގްޒެކްޓިވް ލީޑަޝިޕަށް ބޮޑު ބަދަލުތަކެއް ގެނެސްފި

އޯގަސްޓް 4, 2026
ބީއެމްއެލްގައި ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު

ބީއެމްއެލްގައި ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު

ޖޫން 30, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily