DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

މީޑިއާ ’ކޮންޓްރޯލް ބިލު‘ އަނބުރާ ގެންދާކަށް ނުޖެހޭ: ބަންޑާރަނައިބު

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
އޯގަސްޓް 28, 2025
0
މީޑިއާ ’ކޮންޓްރޯލް ބިލު‘ އަނބުރާ ގެންދާކަށް ނުޖެހޭ: ބަންޑާރަނައިބު
0
SHARES
28
VIEWS
Share on FacebookShare on Twitter

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު އިޞްލާހު ކުރެވިދާނެކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލު ނުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި، މި ބިލުގެ މައިގަނޑު ބޭނުމަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމެވެ. އެއީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން މަސައްކަތްކޮށްފައިވާ ކަމެއްކަމަށާއި، އެކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުންވެސް ހާމަވާކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، މިހާރު ހުށައަޅާފައިވާ ބިލު ދިރާސާކޮށް، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނެވިދާނެކަމަށެވެ. އަދި ބިލާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް، ދިރާސާކުރެއްވުމަށްފަހު، ބިލަށް ބޭނުންވާ އިޞްލާހުތައް ގެނެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި، ބަންޑާރަނައިބުގެ އޮފީހަށް 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީޑިއާ ކައުންސިލުން ފޮނުވާފައި އޮތް ބިލެއްގެ ޑްރާފްޓެއް އެބައޮތެވެ. އެ ބިލާއި މިހާރު ހުށަހަޅާފައިވާ ބިލާ މާ ބޮޑު ތަފާތެއް ނެތްކަމަށާއި، މީޑިއާ ކައުންސިލުން ފޮނުވި މީޑިއާ ކޮމިޝަންގެ ގާނޫނުގެ ބިލުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުން ތިއްބަވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިލާ ގުޅިގެން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ މި ސަރުކާރަކީ ’100 ޕަސެންޓް މީޑިއާ ޕްރޯ‘ ސަރުކާރެއް ކަމަށާއި، ބިލުގައި ހުރި ވަކިވަކި މާއްދާތަކަށް ސަރުކާރުގެ ފަރާތުން އިޞްލާޙު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް މުޢިއްޒު މީގެ ކުރިންވެސް ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުޤެއް ނެތްކަމަށާއި، އެމަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާކަން ހާމަކުރައްވާފައެވެ.

މިހާރު ހައްނާން ހުށަހެޅުއްވި ބިލުގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި:

  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން.
  • ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުންނާއި، މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުން ތިއްބަވާނެކަން.
  • ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާކަން.
  • ކޮމިޝަނުން އަންގާ ކަމެއް އިޞްލާޙުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރުން.
  • ޤާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރުން.
  • މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބުން.
  • ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެކަން.
  • ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓީވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ލިބުން.
  • ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެކަން.

މި ބިލާ ގުޅިގެން ނޫސްވެރިންގެ ފަރާތުން ކަންބޮޑުވުންތައް ފާޅުކޮށްފައިވާއިރު، ސަރުކާރުން ބިލަށް އިޞްލާޙު ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވުމުން، މި ބިލު ފާސްވާއިރު އޭގެ ސިފަ ބަދަލުވެގެން ދާނެކަމަށް ބެލެވެއެވެ.

Tags: ބަންޑާރަ ނައިބުބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްމީޑިއާ ބިލް

Related Posts

މީޑިއާ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް ހުޅުވާލައިފި

ސެޕްޓެމްބަރ 30, 2025
މީޑިއާ ބިލު ގާނޫނުއަސާސީއާ ޚިލާފު، ތަސްދީގު ކުރެއްވި ނަމަވެސް އެ ގާނޫނަށް ތަބާނުވާނަން: އެމްޖޭއޭ

މީޑިއާ ބިލު ގާނޫނުއަސާސީއާ ޚިލާފު، ތަސްދީގު ކުރެއްވި ނަމަވެސް އެ ގާނޫނަށް ތަބާނުވާނަން: އެމްޖޭއޭ

ސެޕްޓެމްބަރ 18, 2025
ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ބިލު ތަސްދީގު ކުރައްވައިފި

ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ބިލު ތަސްދީގު ކުރައްވައިފި

ސެޕްޓެމްބަރ 18, 2025
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށް އެމެރިކާއިން ރާއްޖެއަށް ގޮވައިލައިފި

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށް އެމެރިކާއިން ރާއްޖެއަށް ގޮވައިލައިފި

ސެޕްޓެމްބަރ 16, 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily