މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި މިއަދު ހެނދުނުން ފެށިގެން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ”އަދަދު“ ގެ ނޫސްވެރިޔާ ލީވާން ޢަލީ ނަސީރު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަޖިލިސް ސަރަހައްދުގައި ކުރަމުންދާ މުޒާހަރާގައި ދައުލަތުގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅާފައިވާ މައްސަލައިގައި 40 އަހަރުގެ ފިރިހެނަކާއި، 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކީ ލީވާން ކަން އާންމުވެފައިވާ ވީޑީއޯއިން ފެނެއެވެ.
މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް އަދިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.





