DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

”ރީ އެމްޕްލޯއިމަންޓްގެ ބިލު“ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފި

މާހިރު މުޙައްމަދު by މާހިރު މުޙައްމަދު
އޮކްޓޯބަރ 2, 2025
0
”ރީ އެމްޕްލޯއިމަންޓްގެ ބިލު“ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފި
0
SHARES
60
VIEWS
Share on FacebookShare on Twitter

”ރީ އެމްޕްލޯއިމަންޓްގެ ބިލު“ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މިއަދު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

މިއީ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އުމުރުން 75 އަހަރާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހިކޮށްދީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ.

އެހެންކަމުން ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރެވޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ބިލުގައި ބުނެފައި ވަނީ ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުން އަންނަ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށް ކަމަށެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 7 އަހަރު ކުރިން ޕެންޝަން ހައްގުވުމުގެ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ، ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ހަމަޖައްސައިދެވިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

ނަމަވެސް އެ އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އާ ކުރަން ޖެހޭ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އުސޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމަކަށްވެސް ހަމަޖެއްސިދާނެ ކަމަށް ބުނެފައިވެއެވެ.

ބިލުފައިވާ ގޮތުން ރި އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދޭ ފަރާތްތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުގެ ތެރޭގައެވެ.

މި ގާނޫނުގައި ބުނާ އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބުނު ނަމަވެސް ޕެންޝަނާ ބެހޭ ގާނޫނުން ލިބިދޭން ޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެ ކަމަށް ވެސް ބިލްގައިވެއެވެ.

ބިލުގައިވާ ގޮތުން އުމުރުން 65 އަހަރު ވުމަށް ފަހު ވެސް ވަޒީފާގައި ތިބެން ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ 6 މަސް ދުވަސް ކުރިން ރީ އެމްޕްލޯއިމަންޓަށް ހުށަހަޅަން ޖެހޭނެއެވެ.

ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނަމަ، މި ބިލް ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 މަސް ދުވަހުގެ ތެރޭގައި ރީ އެމްޕްލޯއިމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ގާނޫނުއަސާސީ އާއި ގާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި ގާނޫނު ނުހިނގާނެއެވެ.

Tags: ރައްޔިތުންގެ މަޖިލިސް

Related Posts

ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

އޯގަސްޓް 17, 2026
ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ

ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ

އޭޕްރިލް 22, 2026
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އަންނަ މަހުގެ 5 ގައި ފެށުމަށް ނިންމައިފި

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އަންނަ މަހުގެ 5 ގައި ފެށުމަށް ނިންމައިފި

ޖެނުއަރީ 11, 2026
ފޭކު މުދާ އެތެރެކުރުން ހުއްޓުވުމަށް ’ޓްރޭޑްމާކް‘ ބިލު މަޖިލީހުން ފާސްކޮށްފި

ފޭކު މުދާ އެތެރެކުރުން ހުއްޓުވުމަށް ’ޓްރޭޑްމާކް‘ ބިލު މަޖިލީހުން ފާސްކޮށްފި

ނޮވެމްބަރ 10, 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily