DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ކުރީ ސަރުކާރުން މަހުގެ ޓެރިފް ކުޑަކުރިކަމުގެ ހެއްކެއް ނެތް: ވަޒީރު ސަޢީދު

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
އޮކްޓޯބަރ 14, 2025
0
ކުރީ ސަރުކާރުން މަހުގެ ޓެރިފް ކުޑަކުރިކަމުގެ ހެއްކެއް ނެތް: ވަޒީރު ސަޢީދު
0
SHARES
49
VIEWS
Share on FacebookShare on Twitter

އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުންދާ ޑިއުޓީ، ކުރީގެ ސަރުކާރުން ކުޑަކޮށްދިންކަމަށް ބުނެފައިވީނަމަވެސް އެކަން އެގޮތަށް ކޮށްފައިވާކަމަށް ފެންނާކަށް ނެތްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާއި ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދާ ސުވާލުކުރެއްވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމުދު މި އަހަރު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ނިންމާފައިވާއިރު އެ މަސައްކަތް އޮތީ ކޮން މަރުހަލާއެއްގައި ތޯ ބެލުމަށެވެ. މީގެ އިތުރުން މެންބަރު މީކާއިލް ވަނީ ނިމިދިޔަ ސަރުކާރުގައި އިނގިރޭސިވިލާތާއެކު މަޝްވަރާކޮށްގެން، މަހުންނަގަމުން ދިޔަ ޓެރިފް ކުޑަކުރިކަމަށްވެސް ފާހަގަކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް ފަށާފައިވަނީ 2016 ވަނަ އަހަރު ކަމަށެވެ. އެކަން އޭރު ފެށިފައިވަނީ އިނގިރޭސިވިލާތް ޔޫރަޕުގެ އިއްތިހާދުން ވަކިވުމާ (ބްރެކްސިޓް) ގުޅިގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެކަމާ ގުޅޭގޮތުން ފުރަތަމަ ސިޓީއެއް ފޮނުވާފައިވަނީ 16 އޮކްޓޯބަރ 2016 ގައި އޭރުގެ އިޤްތިޞާދީ ވަޒީރު ސޮއިކުރައްވާފައިކަމަށާއި، އޭރުގެ އިޤްތިޞާދީ ވަޒީރަކަށްވެސް ހުންނެވީ މިހާރުގެ ވަޒީރު މުޙައްމަދު ސަޢީދު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިމިދިޔަ ސަރުކާރުގައި އިނގިރޭސިވިލާތާއެކު މަހުންނަގާ ޓެރިފް ކުޑަކުރިކަމަށް މެންބަރު މީކާއިލް ވިދާޅުވި ވާހަކަ ދޮގުކުރައްވާ ވަޒީރު ސަޢީދު ވިދާޅުވީ، އެ ބަދަލަކީ ސަރުކާރަކާއެކު ކުރެވުނު މަޝްވަރާއަކާއި ގުޅިފައިވާކަމެއް ނޫން ކަމަށެވެ. ”ބްރެކްޒިޓް ގެ ކުރިން އިނގިރޭސިވިލާތުން ނަގަމުން ދިޔައީ 24 ޕަސަންޓު ޓެރިފެއް. މިހާރު ނަގަމުން ދަނީ 20 ޕަސަންޓުގެ ޓެރިފެއް. މިއީ ޕްރިފަރެންޝަލް އެގްރިމެންޓެއް ނެތް ހުރިހާ ޤައުމަކަށް، އެ ޤައުމުން ނަގާ ޓެރިފް،“ ވަޒީރު ސަޢީދު ތަފުސީލު ދެއްވިއެވެ.

މެންބަރު މީކާއިލް ސުވާލުގައި، މި އަހަރު އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށާނެކަން ފާހަގަކުރައްވާފައި އޮތުމުން، އެކަން ދޮގުކުރައްވާ ވަޒީރު ވަނީ އެ ވާހަކަތަކުގެ އަސާސް ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ”ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށާނެ ކަމުގެ ޔަޤީންކަމެއް އިނގިރޭސި ސަރުކާރުން ދިން ކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ އެއްވެސް ލިޔެކިއުމެއްގައި ނެތް،“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޤައުމުތަކުން ރާއްޖެއަށް ލިބޭ ޓެރިފްތައް ކުޑަކުރުމަށް ނުވަތަ ރާއްޖެއަށް އެންމެ ފައިދާވާ މިންވަރަކަށް ބަދަލުކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން، ބޭރުގެ ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމުކުރުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

Tags: ރައްޔިތުންގެ މަޖިލިސް

Related Posts

ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

އޯގަސްޓް 17, 2026
ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ

ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ

އޭޕްރިލް 22, 2026
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އަންނަ މަހުގެ 5 ގައި ފެށުމަށް ނިންމައިފި

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އަންނަ މަހުގެ 5 ގައި ފެށުމަށް ނިންމައިފި

ޖެނުއަރީ 11, 2026
ފޭކު މުދާ އެތެރެކުރުން ހުއްޓުވުމަށް ’ޓްރޭޑްމާކް‘ ބިލު މަޖިލީހުން ފާސްކޮށްފި

ފޭކު މުދާ އެތެރެކުރުން ހުއްޓުވުމަށް ’ޓްރޭޑްމާކް‘ ބިލު މަޖިލީހުން ފާސްކޮށްފި

ނޮވެމްބަރ 10, 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily