DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ޣައްޒާއަށް ހަމަލާ ދިނުން ހުއްޓައިނުލާނަން:: ނަތަންޔާހޫ

މުހައްމަދު އާސިފް by މުހައްމަދު އާސިފް
ޖުލައި 23, 2025
0
ޣައްޒާއަށް ހަމަލާ ދިނުން ހުއްޓައިނުލާނަން:: ނަތަންޔާހޫ
0
SHARES
17
VIEWS
Share on FacebookShare on Twitter

ޣައްޒާގައި އިސްރާއީލު ކުރަމުންގެންދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ޓެލްއަވީވުގައި ދިން ބަޔާނެއްގައި ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލު ބޭނުންވާ ދެ މަގުސަދެއް ހާސިލު ކުރެވެންދެން ހަނގުރާމަ ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށެވެ. ފުރަތަމަ މަގުސަދަކީ ޣައްޒާގެ ވެރިކަމުން ހަމާސް ދުރުކުރުމެވެ. ދެވަނަ މަގުސަދަކީ ހަމާސް އެއްކޮށް ބަލިކޮށް އިނދަޖައްސާލުމެވެ. އެކަމަކު، ހަނގުރާމައަށް ދެ އަހަރުވާން ގާތްވެފައިވާއިރު ވެސް މިއިން އެއްވެސް މަގުސަދެއް އިސްރާއީލަށް ހާސިލު ވެފައެއްނުވެއެވެ.

ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލު ބޭނުންވާ ކޮންމެ ކަމެއް ބޭނުންވާ ގޮތަކަށް ކުރާނެ ކަމަށާއި އިސްރާއީލު ހުއްޓުވޭނެ އެއްވެސް ފަރާތެއް ނެތް ކަމުގައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި މަރަމުން ގެންދާ ޖަރީމާއާއި ބޮންއަޅައިގެން ޣައްޒާގެ އާންމުން މަރަމުން ގެންދާ ޖަރީމާއާ ގުޅޭގޮތުން ނަތަންޔާހޫ ވިދާޅުވީ، އެ ކަންކަމާ ބެހޭގޮތުން ވާހަކަދައްކަން އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމުގައެވެ.

ޣައްޒާގެ އާންމުން ކާންބޯން ބޭނުންނަމަ އަދި ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ އެ މީހުން ޖެހޭނީ ޣައްޒާއިން ބޭރުވާން ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. ޣައްޒާ ދޫކޮށް އެހެން ގައުމަކަށް ހިޖުރަކުރުމުގެ ފުރުސަތު ޣައްޒާގެ ރައްޔިތުންނަށް އޮތް ކަމަށް ވެސް ބައިނަލްއަގުވާމީ އަދާލަތަށް ބޭނުންވެފައިވާ ނަތަންޔާހޫ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާކަމުގެ ތުހުމަތުގައި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް މިދިޔަ އަހަރު ނެރެފައެވެ. ނަތަންޔާހޫއާ ދެކޮޅަށް މި އަމަރު ނެރުމާއެކު އެމެރިކާއިން ވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ބިރު ދައްކައި އެ ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ.

ޣައްޒާއަކީ 1967 ވަނަ އަހަރު އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ސަރަހައްދެކެވެ. އެ ސަރަހައްދުން ފޭބުމަށް އދ. ގެ ގަރާރުތަކުން އިސްރާއީލަށްވަނީ އެތައް ފަހަރަކު ގޮވާލާފައެވެ. އަދި، ޣައްޒާއަކީ ގަދަބާރުން ޣައިރު ގާނޫނީ ގޮތުން އިސްރާއީލު ވެރިވެގަނެގެން އުޅޭ ސަރަހައްދެއްކަމާއި އެ ތަނުން އިސްރާއީލު ޖެހޭނީ ފައިބަން ކަމަށް ބަޔާންކޮށް މިދިޔަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ ހުކުމެއް ވެސް ނެރެފައެވެ.

ނަމަވެސް، އިސްރާއީލަކީ ބައިނަލްއަގުވާމީ މުޖުތަމައަށް ނުކިޔަމަންތެރި ޖައްބާރު ގައުމެއްކަމުން އިސްރާއީލު ގެންދަނީ އދ.ގެ ގަރާރުތަކާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ގޮންޖަހައި ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގައި، އެ މީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގަމުންނެވެ. މި ޖަރީމާތައް ހިންގުމުގައި އިސްރާއީލަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކެވެ.

ބައިނަލްއަގުވާމީ ގާނޫނަށް ބަލާއިރު އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކުރަން މަސައްކަތް ކުރުމުގެ ހައްގު ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވެއެވެ. އަދި، ފަލަސްތީނުގެ ބިންތައް މިނިވަންކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ރެސިސްޓެންސް ހަރަކާތްތައް (މިނިވަންކަމުގެ ޖިހާދު) ކުރުމަކީ ފަލަސްތީނުގެ ހުރިހާ ޖަމާއަތްތަކަށް ވެސް ލިބިގެންވާ ހައްގެކެވެ.

އިސްރާއީލާ ދެކޮޅަށް ހަމާސްއިން މިނިވަންކަމުގެ ޖިހާދު ކުރަނީ ބައިނަލްއަގުވާމީ ގާނޫނުން ބާރު ލިބިގެންނެވެ. ނަމަވެސް، އިސްރާއީލުގެ އިސްތިއުމާރުން މިނިވަންވުމަށްޓަކައި އަމިއްލަ ނަފުސުގެ ދިފާއުގައި ފަލަސްތީނުން ކުރާ ޖިހާދާ ދެކޮޅަށް އިސްރާއީލު ގެންދަނީ ފާޅުކަން ބޮޑު ގޮތެއްގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުންނެވެ.

އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ މި އަމަލުތައް ސްޕޮންސާކުރަނީ އަދި އިސްރާއީލަށް ހަތިޔާރާއި ވަސީލަތްތައް ފޯރުކޮށްދީ ހިމާޔަތް ދެނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.

ޣައްޒާގެ މިނިވަންކަމާ ދެކޮޅަށް ފަލަސްތީނުގެ ޖަމާއަތްތަކުން ކުރާ ޖިހާދު ހުއްޓުވުމަށްޓަކައި އިސްރާއީލު ހިންގަމުން ގެންދާ ގަތުލުއާންމުތަކުގައި ފާއިތުވި 22 ވަރަކަށް މަސް ތެރޭގައި އިސްރާއީލުންވަނީ ޣައްޒާގެ އާންމުންގެ 20،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، ޣައްޒާގެ ހުރިހާ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރާއި ސްކޫލްތައް ފުނޑާލާފައެވެ. އަދި، ދޮޅު ލައްކައަށް ވުރެގިނަ ޣައްޒާގެ އާންމުންވަނީ ޒަޚަމުކޮށްލާފައެވެ.

ނަމަވެސް، އެއްވެސް ފަރާތަކުން އެހީތެރިކަން ނުލިބޭ ހަމާސް ޖަމާއަތް ބަލިކުރުމުގައާއި ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކޮށްލުމުގައި އިސްރާއީލު ވަނީ މުޅިން ނާކާމިޔާބުވެފައެވެ. އަދި، ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމުގައި ވެސް އިސްރާއީލުވަނީ މުޅިން ނާކާމިޔާބުވެފައެވެ. މި ނާކާމިޔާބީއާ އެކު އިސްރާއީލުގެ 1،000 އަށްވުރެ ގިނަ ސިފައިން ޣައްޒާގެ މުޖާހިދުންގެ ހަމަލާތަކުގައިވަނީ މަރުވެފައެވެ.

ޣައްޒާގައި އިސްރާއީލަށް އަސްކަރީ ގޮތުން ކާމިޔާބު ނުލިބޭތީ އިސްރާއީލު ގެންދަނީ ޣައްޒާގެ އާންމުން ކާބޯތަކެތިން މަހުރޫމުކޮށްގެން ހައިހޫނުކަމުގައި އެ މީހުން މަރަމުންނެވެ. އަދި، ހައިހޫނު ކަމުގައި ތިބޭ ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ބަހާ ތަންތަނަށް ދިޔުމުން އެ މީހުންގެ ބޮލަށް ބޮންއަޅައިގެންނާއި އެ މީހުންގެ ގަޔަށް ބަޑިޖަހައިގެން ވެސް ކޮންމެ ދުވަހަކު 70 އިން 80 އިން އިސްރާއީލުން ގެންދަނީ ޣައްޒާގެ ރައްޔިތުން ޝަހީދުކުރަމުންނެވެ.

Tags: އިސްރާއީލުއިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫޣައްޒާފަލަސްތީނު

Related Posts

ޣައްޒާއަށް ބޮން ނާޅަން ޓްރަމްޕް ގޮވާލި ނަމަވެސް، ޔަހޫދީންގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް!

ޣައްޒާއަށް ބޮން ނާޅަން ޓްރަމްޕް ގޮވާލި ނަމަވެސް، ޔަހޫދީންގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް!

އޮކްޓޯބަރ 5, 2025
ފްލޮޓީލާއަށް ހުރަސްއެޅުން ރައީސް ކުށްވެރިކުރައްވައިފި

ފްލޮޓީލާއަށް ހުރަސްއެޅުން ރައީސް ކުށްވެރިކުރައްވައިފި

އޮކްޓޯބަރ 2, 2025
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް

ސެޕްޓެމްބަރ 12, 2025
”ނިއުޔޯކް ޑެކްލެރޭޝަން“ ފާސްކުރުމަށް ރާއްޖެއިން ތާއީދުކޮށްފި

”ނިއުޔޯކް ޑެކްލެރޭޝަން“ ފާސްކުރުމަށް ރާއްޖެއިން ތާއީދުކޮށްފި

ސެޕްޓެމްބަރ 12, 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily