DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ބޭރު މީހުންނަށް އާސަންދަ ދިނުމާ ގުޅޭގޮތުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
އޮކްޓޯބަރ 20, 2025
1
ބޭރު މީހުންނަށް އާސަންދަ ދިނުމާ ގުޅޭގޮތުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
0
SHARES
121
VIEWS
Share on FacebookShare on Twitter

ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބޭރު ގައުމުތަކުގެ މީހުންނަށް ދައުލަތުން ދޫކުރާ ސިއްހީ އިންޝޫރަންސް، އާސަންދައިގެ ޚިދުމަތް ނުލިބޭތީ އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޚިޔާލު ހޯދުމަށް ގަރާރެއް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ކުޑޫ ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވަނީ، ގާނޫނުއަސާސީއަށް ބަލާއިރު އިންތިޚާބުތަކުގައި ވާދަކުރުމާއި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ފިޔަވައި ދިވެހީންނާ އެހެން މީހުންނާ ދެމެދު އެއްވެސް ހައްގެއް ލިބިދިނުމުގައި ތަފާތުކުރުމެއް ނެތްކަމެވެ.

ގަރާރުގައި ބުނެފައިވަނީ، ދިވެހީންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މިހާރުވެސް ބިދޭސީންނާ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަކަމަށާއި، އެ ކައިވެނިތަކަށް ދަރިން ލިބި، އެ ދަރިން ބޮޑެތިވެފައިވާކަން ވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ. ނަމަވެސް، އާސަންދަ ލިބެނީ ހަމައެކަނި ދިވެހީންނަށް ކަމަށްވުމުން، މިފަދަ އާއިލާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ގަރާރުގައިވެއެވެ.

މެންބަރު ކުޑޫގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ، ގާނޫނުއަސާސީގައިވާ ގޮތުން ދިވެހި ރައްޔިތުން ކަމަށް މާނަކުރަނީ ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު ދިވެހި ރައްޔިތެއްކަމުގައިވާ ކޮންމެ މީހަކާއި ދިވެހި ރައްޔިތަކަށް އުފަން ކޮންމެ ދަރިއަކާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރައްޔިތަކަށް ވެއްޖެ ކޮންމެ ބިދޭސިއެއް ކަމަށެވެ. އެހެންނަމަވެސް، ބިދޭސީންނަށް ދިވެހި ރައްޔިތުކަން ލިބެން އޮތް ހަމައެކަނި ގޮތަކީ ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުން ދިވެހި ރައްޔިތަކަށްވުން ކަމަށާއި، އެ ގާނޫނަށް ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާތީ ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އެ ފުރުސަތު ހޯދައިދެވިފައިނުވާ ކަމަށް ވެސް ގަރާރުގައި ބަޔާންކުރައްވާފައިވެއެވެ.

ގަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން މިހާރު މުސްކުޅިވެ، ލޯބޯ ކޮށިވެ، ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރަން ޖެހިފައިވުމުގެ ސަބަބުން ސިއްހީ ޚަރަދުތައް ހޯދަން ދަތިވެފައިވެއެވެ. އަދި މިފަދަ ބައެއް ބިދޭސީންނަކީ ރާއްޖޭގައި އެތައް އަހަރެއް ހޭދަކޮށް ވަޒީފާ އަދާކޮށް، އާމްދަނީ ހޯދުމަށް މަސައްކަތްކޮށްފައިވާ ބަޔަކަށް ވުމުން، އެ މީހުންނަށް އަޅާލައި ދައުލަތުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާ އެކު ލިބުމަކީ އެ މީހުންގެ ވެސް ހައްގެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން، ގާނޫނުއަސާސީގައިވާ ގޮތުން މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ދައުލަތުން ޚާއްސަ ކަންތައްތަކެއް ކޮށްދެވިދާނެކަން އެނގެން އޮތް ކަމަށް ވެސް މެންބަރު ކުޑޫގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މި ގަރާރާ މެދު މަޖިލީހުން އަމަލުކުރާނެ ގޮތެއް އަދި ބަޔާނެއް ނުކުރެއެވެ.

Tags: ރައްޔިތުންގެ މަޖިލިސް

Related Posts

ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

އޯގަސްޓް 17, 2026
ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ

ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ

އޭޕްރިލް 22, 2026
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އަންނަ މަހުގެ 5 ގައި ފެށުމަށް ނިންމައިފި

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އަންނަ މަހުގެ 5 ގައި ފެށުމަށް ނިންމައިފި

ޖެނުއަރީ 11, 2026
ފޭކު މުދާ އެތެރެކުރުން ހުއްޓުވުމަށް ’ޓްރޭޑްމާކް‘ ބިލު މަޖިލީހުން ފާސްކޮށްފި

ފޭކު މުދާ އެތެރެކުރުން ހުއްޓުވުމަށް ’ޓްރޭޑްމާކް‘ ބިލު މަޖިލީހުން ފާސްކޮށްފި

ނޮވެމްބަރ 10, 2025

Comments 1

  1. ރައްޔިތުމޯހާ says:
    12 months ago

    ކުޑޫ ކަލޯ މީހާގެ ބުއްދި ގޯސްވެފަ ތިހުރީ އިސްތިއުފާ ދީފަ ގުރާދޫ އަށް ދޭ

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily