DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ކައުންސިލް އިންތިހާބަށް ހުޅުވާލައިފި

މުހައްމަދު އާސިފް by މުހައްމަދު އާސިފް
ޖެނުއަރީ 17, 2026
0
0
SHARES
33
VIEWS
Share on FacebookShare on Twitter

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށެވެ.

މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 15:30 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 15:30 އަށެވެ. ނަމަވެސް، ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 15:30 އިން އިރުއޮއްސި 18:00 އަށެވެ.

މިފަހަރުގެ އިންތިޚާބުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ކެނޑިޑޭޓުން ފޯމު ހުށަހެޅުމާއި އިދާރީ ފީ ދެއްކުން ފަދަ ހުރިހާ ކަމެއް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައިވުމެވެ. އެގޮތުން، ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅޭނެ ކަމަށާއި، ކޮމިޝަނުގެ ނިންމުންތައްވެސް އަންގާނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެއެވެ. މީގެ ތެރޭގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުކުރާ 678 މެންބަރުން ހިމެނެއެވެ. އިންތިޚާބީ ދާއިރާތަކުގެ ތަފްސީލަށް ބަލާއިރު، ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރާނެއެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތަފްސީލަށް ބަލާއިރު، ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ފޮށި، މާލެ ސަރަޙައްދުގައި 240 ފޮށި، ރިސޯޓުތަކުގައި 50 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ދެ ޤައުމެއް ކަމަށްވާ މެލޭޝިއާ އަދި ސްރީލަންކާގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މި އިންތިޚާބަކީ އިދާރީ ގިނަ ކަންތައްތަކެއް ޑިޖިޓަލައިޒް ކުރެވިގެން، އޮންލައިންކޮށް ގިނަ ޚިދުމަތްތަކެއް ލިބޭނެހެން އިންތިޒާމު ކުރެވިފައިވާ އިންތިޚާބެއްކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ.

Tags: ކައުންސިލް އިންތިހާބްއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު

Related Posts

ތުލުސްދޫ ކައިންސިލަށް މިފަހަރު އަނީސް އާއި ޖިލެޓް

ތުލުސްދޫ ކައިންސިލަށް މިފަހަރު އަނީސް އާއި ޖިލެޓް

އޭޕްރިލް 3, 2026
ވޯޓު ފޮށިތަކާއި އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

ވޯޓު ފޮށިތަކާއި އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

މާރޗް 28, 2026
އަންނަ ޖެނުއަރީ މަހުން ފެށިގެން ޕާޓީތަކުން ވަގުތުން ވަކިވެވޭނެ

އިންތިޚާބަށް 8 ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކުރަނެ: އީސީ

މާރޗް 23, 2026
އެމްޑީޕީގެ މާލޭ މޭޔަރު ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި

އެމްޑީޕީގެ މާލޭ މޭޔަރު ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި

ޖެނުއަރީ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily