DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އިންތިޚާބަށް 8 ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކުރަނެ: އީސީ

ޙަސަން ސަޢީދު by ޙަސަން ސަޢީދު
މާރޗް 23, 2026
0
އަންނަ ޖެނުއަރީ މަހުން ފެށިގެން ޕާޓީތަކުން ވަގުތުން ވަކިވެވޭނެ
0
SHARES
51
VIEWS
Share on FacebookShare on Twitter

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް 8 ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ އިންތިޚާބެއްގައި މިހާ ގިނަ އަދަދަކަށް ވޯޓު ކަރުދާސް ޗާޕްކުރާ ފުރަތަމަ ފަހަރެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި، މިފަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މި އިންތިޚާބުގައި ކޮންމެ ވޯޓުލާ މީހަކަށްވެސް ތިން ކަމަކަށް ވޯޓުލުމަށް 3 ކަރުދާސް ލިބޭނެއެވެ.

އިދާރީ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ޝަހުލާ އިސްމާޢިލް ވިދާޅުވީ ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތުގެ %85 އާއި %95 އާ ދެމެދު މިހާރު ނިމިފައިވާ ކަމަށެވެ.

”ދިވެހިރާއްޖޭގެ އިންތިޚާބަކަށް އެންމެ ގިނަ ވޯޓު ކަރުދާސް ޗާޕް ކުރާ ފަހަރަށްވާނެ މިފަހަރު. އަޅުގަނޑުމެން 800,000 އަށް ވުރެ ގިނަ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު %85 އާއި %95 ދެމެދު މަސައްކަތް ނިންމާލެވިފައިވާކަން ފާހަގަކުރަން،“ ޝަހުލާ ވިދާޅުވިއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 588 މަރުކަޒެއްގައި ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  • މާލޭގައި: 180 ފޮށި
  • ހުޅުމާލޭގައި: 51 ފޮށި
  • ވިލިމާލޭގައި: 9 ފޮށި
  • އަތޮޅުތަކުގައި: 322 ފޮށި
  • ރިސޯޓުތަކުގައި: 21 ފޮށި
  • ޖަލުތަކުގައި: 5 ފޮށި

އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައިވެސް ތިން ވޯޓަށް ވަކިވަކި ތިން ފޮށި ހުންނާނެ ކަމަށެވެ. އަދި ވޯޓު ކަރުދާސްތައް މަރުކަޒުތަކަށް ފޮނުވާނީ ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ސެކިއުރިޓީ އުރަތަކުގައި ބަންދުކޮށް، ސެކިއުރިޓީ ފޮށިތަކުގައެވެ. މި ފޮށިތައް ކަނޑާނީ ވޯޓުލާ ދުވަހު އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ވޯޓުލާން ގޮސްތިބޭ މީހުންގެ ކުރިމަތީގައެވެ.

ކޮމިޝަނުން ވަނީ ކޮންމެ މީހަކުވެސް ވޯޓުލާއިރު ރަނގަޅު ފޮއްޓަށް ކަރުދާސްކޮޅު ލުމަށް ސަމާލުވުމަށް އެދިފައެވެ. އަދި އިންތިޚާބަކީ ޑިމޮކްރަސީގެ މުހިންމު ބަހާއަކަށްވާތީ، ޤާނޫނުން ލިބިދޭ ވޯޓުލުމުގެ ޙައްޤު އެންމެހާ ރައްޔިތުންވެސް ފުރިހަމައަށް އަދާކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Tags: އިލެކްޝަންސް ކޮމިޝަން

Related Posts

ތުލުސްދޫ ކައިންސިލަށް މިފަހަރު އަނީސް އާއި ޖިލެޓް

ތުލުސްދޫ ކައިންސިލަށް މިފަހަރު އަނީސް އާއި ޖިލެޓް

އޭޕްރިލް 3, 2026
ވޯޓު ފޮށިތަކާއި އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

ވޯޓު ފޮށިތަކާއި އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

މާރޗް 28, 2026

ކައުންސިލް އިންތިހާބަށް ހުޅުވާލައިފި

ޖެނުއަރީ 17, 2026
ސިޔާސީ ޕާޓީތަކަށް މި އަހަރު 27.9 މިލިއަން ރުފިޔާ ދޫކޮށްފި

ސިޔާސީ ޕާޓީތަކަށް މި އަހަރު 27.9 މިލިއަން ރުފިޔާ ދޫކޮށްފި

ސެޕްޓެމްބަރ 2, 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily