DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ޤައުމީ ދުވަހަކީ އުންމީދުގެ ދުވަހެއް؛ ޤައުމިއްޔަތު މަޝްރޫޢުން ރާއްޖެ ޢިއްޒަތްތެރި ކުރާނެ: މިނިސްޓަރު

ޙަސަން ސަޢީދު by ޙަސަން ސަޢީދު
އޯގަސްޓް 24, 2025
0
ޤައުމީ ދުވަހަކީ އުންމީދުގެ ދުވަހެއް؛ ޤައުމިއްޔަތު މަޝްރޫޢުން ރާއްޖެ ޢިއްޒަތްތެރި ކުރާނެ: މިނިސްޓަރު
0
SHARES
12
VIEWS
Share on FacebookShare on Twitter

ޤައުމީ ދުވަހަކީ މާޔޫސްކަމާ ދުރަށް ގޮސް، އުންމީދުން ފުރިގެންވާ ދުވަހެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސް އިޢުލާންކުރައްވާފައިވާ ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ބޭނުމަކީ ޢިއްޒަތްތެރި، ޝުހުރަތްތެރި ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭރު ދުނިޔެއަށް ސާބިތުކޮށްދިނުންކަމަށް ވާތީއެވެ. މިކަންކަން ވަޒީރު ފާހަގަކުރެއްވީ، ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައި ބޭއްވި މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤައުމީ ދުވަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، މި ދުވަހަކީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ދުވަހަކަށް ވީތީ، ދިވެހިންނަށް ވަރަށް މުހިންމު ދުވަހެއް ކަމުގައެވެ. އެގޮތުން، 1558 ވަނަ އަހަރު ޕޯޗުގީޒުންގެ އަޅުވެތިކަމަށް ރާއްޖެ ދިޔުމަށްފަހު، އެ ބައިމީހުންގެ ކިބައިން މުޙައްމަދު ތަކުރުފާނުގެ ލަޝްކަރުން ރާއްޖެ ސަލާމަތްކުރެއްވި ދުވަހަކީ ޤައުމީ ދުވަސްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ދުވަހުން ޙާސިލުކުރަންޖެހޭ ބައެއް ޢިބުރަތްތައްވެސް ވަޒީރުގެ ވާހަކަފުޅުގައި ހިމެނުނެވެ.

”ޤައުމީ ދުވަސް ބުނެދެނީ އުންމީދުގެ ދުވަސްކަން. އެއީ މާޔޫސްކަމާ ދުރަށް ދާންވި ދުވަސްކަން. ޤައުމީ ދުވަހަކީ ޤައުމީ އެއްބައިވަންތަކަމުގެވެސް ދުވަހެއްވެސްމެ. ކަޅުއޮށްފުންމި ބަނުމުގައި 40 މާވަޑިން ތަފާތު ކަންކޮޅުތަކުން ބައިވެރިވި. ޖިހާދު ކުރިއަށްދިޔައިރު، އެކި ރަށްރަށުން އުތީމު މަހާރަދުންނަށް ދެއްވި އެހީތެރިކަން ފާހަގަކޮށްލަންޖެހޭ.“ ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢަށް އަލިއަޅުވާލައްވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، މި މަޝްރޫޢަކީ ދިވެހިންގެ ސިފަތައް އަލުން އަށަގެންނެވުމުގެ މަޝްރޫޢެއް ކަމަށެވެ. އެ ގޮތުން، ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތާއި ބަހާއި ސަގާފަތް އަލުން އިޢާދަކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މިނިވަންކަމާއެކު ދެމިތިބުމުގެ ފިކުރެއް އުފެއްދި، އެހެން ޤައުމުތަކެކޭވެސް އެއްގޮތަށް މިނިވަންކަމާއި ޢިއްޒަތާއި ޝުހުރަތު ޙައްޤު އަދި އެކަން ޤާއިމުކުރާ ބައެއްކަން ސާބިތުކޮށްދެވޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ، ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ޙައްޤު ފަރާތްތަކަށް ވަނީ ދީފައެވެ.

Tags: ޤައުމީ ދުވަސް

Related Posts

އަބުރު ކަތިލުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން: ރައީސް މުއިއްޒު

އޯގަސްޓް 24, 2025
ޤައުމީ ދުވަހު ޝަރަފުގެ އިނާމު 3 ބޭފުޅަކަށް، ހިތްވަރުގެ އިނާމު 10 ފަރާތަކަށް ދެއްވައިފި

ޤައުމީ ދުވަހު ޝަރަފުގެ އިނާމު 3 ބޭފުޅަކަށް، ހިތްވަރުގެ އިނާމު 10 ފަރާތަކަށް ދެއްވައިފި

އޯގަސްޓް 24, 2025
އުތީމަށް ޤައުމިއްޔަތުގެ ޚާއްސަ ޝަރަފު އަރުވައިފި

އުތީމަށް ޤައުމިއްޔަތުގެ ޚާއްސަ ޝަރަފު އަރުވައިފި

އޯގަސްޓް 24, 2025
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް، އުތީމު އާދަމް ޢަބްދުއްރަޙުމާނަށް އަރުވައިފި

ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް، އުތީމު އާދަމް ޢަބްދުއްރަޙުމާނަށް އަރުވައިފި

އޯގަސްޓް 24, 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily